މަރިޔަމް ލަމްޙާ ރަޝީދު   9 އޭޕްރީލު 2023 - 14:39
މިކްސްޑް ފްރުޓް ޖޫސް
މިކްސްޑް ފްރުޓް ޖޫސް
ކަރުހިއްކުން ފިލުވައިލުމަށް ހަށިގަނޑަށް ފައިދާހުރި މާއްދާތައް ލިއްބައިދޭގޮތަށް ގިނަ މޭވާތަކެއް އެކުލަވައިލައިގެން ތައްޔާރުކުރާ މިކްސްޑް ފްރުޓް ޖޫހަކީ މީރު އަދި އާއިލާއަށް ކަމުދާނެ ޖޫހެކެވެ. މިކްސްޑް ފުރުޓް ޖޫސް ތައްޔާރުކުރަން އެމީހަކު ބޭނުން މޭވާއެއް ބޭނުން ކުރެވިދާނެއެވެ. އެއީ ކޮންމެ މޭވާއެއް ނަމަވެސް ދެތިން ހަތަރު ބާވަތެއްގެ މޭވާ އެއްކޮށްލައިގެން ފުރިހަމަ މިކްސްޑް ފުރުޓް ޖޫހެއް ތައްޔާރުކޮށްލެވޭނެއެވެ.

އެހެންކަމުން އަބަދު އެއްވައްތަރެއްގެ ފަނި ގިރިމުގެ ބަދަލުގައި ރަހަ ތަފާތުކޮށްލުމަށް މިކްސްޑް ފްރުޓް ޖޫހެއް މިއަދު ރޯދަ ވީއްލާ ގަޑިއަށް ތައްޔާރުކޮށްލުން ކީއްތޯއެވެ. ނިކަން މިއަދު އަޖުމަ ބަލަވާލަވާށެވެ.

ބޭނުންވާ ތަކެތި:

4 އޮރެންޖު

1 އާފަލު

2 ޖޯޑު މޭބިސްކަދުރު

1 ޖޯޑު ކިވީ

ހަކުރު -ފޮނިރަހަލާ ވަރަށް

4 ތަށި ފެން

ތައްޔާރު ކުރާނެގޮތް:

ފުރަތަމަ ހުރިހާ މޭވާތައް ރަނގަޅަށް ދޮވެލައި އޭގެތެރެއިން ކިވީގެ ބޭރު ތޮށި މަށާށެވެ. ދެން އާފަލާއި އޮރެންޖުގައި ހުންނަ އޮށްތައް ނެގުމަށްފަހު ހުރިހާމޭވާތައް ކޮށާފައި މިކްސަރަށް އަޅާށެވެ. އަދި 2 މިނެޓް ވަރު ވަނަދެން މިކްސަރު ޖައްސާލާށެވެ. އެއަށްފަހު ހަކުރު އަޅައި މިނެޓެއްވަރު ވަންދެން ނުވަތަ ރަނގަޅަށް ހަކުރު ގިރެންދެން މިކްސަރު ޖައްސާލާށެވެ. ދެން ފެން އަޅާށެވެ. އަދި އަނެއްކާވެސް މިނެޓެއްވަރު ވަންދެން މިކްސަރު ޖައްސާލާށެވެ. އެއަށްފަހު ނުގިރިހުންނަ ހަރުއެތިކޮޅުތައް އެއިން ނަގާލާށެވެ. ދެން ޖޫސް ރަނގަޅަށް ފުރާނާލާށެވެ. އަދި ފިނި ކުރުމަށް އައިސްއަލަމާރިއަށް ލާށެވެ. އޭރުން މިކްސްޑް ޖޫސް ތައްޔާރު ކުރެވުނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން