މަރިޔަމް ލަމްޙާ ރަޝީދު   7 އޭޕްރީލު 2023 - 16:44
ވެޖިޓަބަލް މިކްސްޑް ރައިސް: ފަސޭހައިން ތައްޔާރުކޮށްލެވޭ މީރު ކެއުމެއް
ވެޖިޓަބަލް މިކްސްޑް ރައިސް: ފަސޭހައިން ތައްޔާރުކޮށްލެވޭ މީރު ކެއުމެއް
ވަޒީފާގެ މާހައުލުގައި ލަސްވެ ރޯދަ ވީއްލާ ވަގުތު ކުޑަތަންވެފައި ހުއްޓައި ގެއަށް އާދެވުމުން ހާސްވޭހެއްޔެވެ؟ ވަގުތަށް ކާއެއްޗެހި ތައްޔާރުކޮށްނުލެވިދާނެތީ ބަދިގޭގައި އަވަސްއަރުވާލައި އުޅެންޖެހޭހެއްޔެވެ؟ މިފަހަރު މިގެނެސްދެނީ ވަގުތު ކުޑަތަންވެފައި ހުންނަ ގަޑިތަކަށް ޚާއްސަކޮށް ތައްޔާރު ކޮށްލެވޭނެ ވެޖިޓަބަލް ރައިސްއެކެވެ.

މިރެސިޕީ ގެނެސްދީފައިމިވަނީ، އެމީހަކު ބަތް ކައްކާ ވަރަކަށް ބަލައި ތަކެތި މިންކޮށްގެން ތައްޔާރުކޮށްލެވޭނެގޮތަށް ވަކި ސާވިންގއެއް ނުހިމަނައެވެ.

ބޭނުންވާތަކެތި:

ބަތް ކައްކާފައި (ބޭނުން ވައްތަރެއްގެ ހަނޑުލެއް ޚިޔާރު ކުރެވިދާނެ)

ކުކުޅު/ބީފް ނުވަތަ މަސްދަޅު (މީގެ ތެރެއިން އެވަގުތަކު ގޭގައި ހުރި ބާވަތެއް)

ވެޖިޓަބްލަ މިކްސް ޕެކެޓް

ފިޔާ، ލޮނުމެދު އަދި ގިތެޔޮ މިރުސް

ކައްކާ ތެޔޮ

ރަހަލާވަރަށް ލޮނު

ރީނދޫކޮޅެއް

އަސޭމިރުސް ކޮޅެއް

ސޯޔާ ސޯސްކޮޅެއް (ބޭނުންނަމަ – ރީނދުލުގެ ކުލަ ނުދާނެވަރަށް ކުޑަ އެތިކޮޅެއް)

ތައްޔާރުކުރާނެ ގޮތް:

ފިޔާ، ލޮނުމެދު އަދި މިރުސް ބަތްގަނޑަށް ބޭނުންވާގޮތަށް ކޮށާފައި ތެއްޔަކަށް ތެޔޮ އެޅުމަށްފަހު ފިޔާ މީރުކުރާށެވެ. ދެން ލޮނާއި އަސޭމިރުސް އެޅުމަށްފަހު ވެޖިޓަބަލް ޕެކެޓު ނަގައި ބަތައް ބޭނުންވާވަރަށް ތެލީގެ ތެރެއަށް އަޅައި ހަލުވާށެވެ. އަދި ތަރުކާރީކޮޅު ރޯފިލަންދެން މިހެން ކައްކާށެވެ. ރޯފިލުމުން ސޯޔާސޯސް ކޮޅެއް ޖައްސާލާށެވެ. އެއަށްފަހު ރީދޫކޮޅެއްވެސް އަޅާށެވެ. ރީދޫ އަޅަންވާނީ ކިރިއާ ކުލަ ހިފާވަރަށެވެ. އެއަށްފަހު މަސްދަޅު ނުވަތަ ބޭނުންކުރި މަހުގެ ބާވަތް އަޅާށެވެ. (ކުކުޅާއި ބީފް ނަމަ ކުރީބައިގައި ހުންނަންވާނީ ފްރައިކޮށްފައެވެ.) ދެން ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކުރާށެވެ. އަދި ރޯފިލުވުމަށް 3-2 މިނެޓްބެހެއްޓުމަށްފަހު އެއަށް ބަތް އެއްކޮށްލާށެވެ. އޭރުން ފަސޭހަކޮށް ވެޖިޓަބަލް ރައިސް ތައްޔާރުކުރެވުނީއެވެ. ސާވްކުރާއިރު ބިސްގަނޑަކާއި ސައިޑުގައި ތެލުލި މަސްކޮޅެއް ލުމުން ވަރަށް މީރުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން