ޔޫއޭއީގައި ހުންނަ ޝެއިޙް ޒައިދު މިސްކިތް
ޔޫއޭއީގައި ހުންނަ ޝެއިޙް ޒައިދު މިސްކިތް
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް މަސްޖިދުއް ނަބަވީގައި އިށީންދެވަޑައިގެން އިންނެވިއެވެ. އަދި އެކަލޭގެފާނުންގެ އަރިހުގައި އަޞްޙާބު ބޭކަލުންތަކެއްވެސް ތިއްބެވިއެވެ. އެވަގުތު މީހަކު މިސްކިތަށް ވަދެ ނަމާދުކުރަން ފަށައިފިއެވެ. އޭނާ ވަރަށް ލުއިކޮށް ނަމާދުކުރިއެވެ. އެއަށްފަހު ނަބިއްޔާ މުޙަންމަދުއް ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ އަރިހަށް އައިސް ސަލާމް ދެންނެވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ސަލާމްގެ ޖަވާބު ދެއްވާފައި ޙަދީޘްކުރެއްވިއެވެ.

"އަދި ގޮސް ނަމާދުކުރާށެވެ. ފަހެ ކަލޭ ނަމާދެއް ނުކުރެއެވެ." އެމީހާ ގޮސް ދެވަނަ ފަހަރަށް ނަމާދު އިޢާދަކުރިއެވެ. މިފަހަރުވެސް އޭނާ ނަމާދު ކުރީ ހަމަ އަވަސް އަވަހަށެވެ. ރުކޫޢާއި ސަޖިދަ ރަނގަޅަށް ފުރިހަމަ ނުވެއެވެ. ދެން އައިސް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް އަށް ސަލާމް ދެންނެވުމުން އޭނާއަށް ސަލާމްގެ ޖަވާބު ދެއްވާފައި ޙަދީޘް ކުރެއްވިއެވެ. "އަދިގޮސް ނަމާދު ކުރާށެވެ. ފަހެ ކަލޭ ނަމާދެއް ނުކުރެއެވެ."

ދެން އެމީހާ ތިންވަނަ ފަހަރަށް ގޮސް ނަމާދުކުރީވެސް ހަމަ ކުރިއެކޭ އެއްފަދައިންނެވެ. ދެން އައިސް ރަސޫލާ އަށް ސަލާމް ދެންނެވުމުން މިފަހަރުވެސް ރަސޫލާ ސަލާމްގެ ޖަވާބު ދެއްވާފައި ޙަދީޘް ކުރެއްވިއެވެ. "ގޮސް ނަމާދު ކުރާށެވެ. ފަހެ ކަލޭ ނަމާދެއް ނުކުރެއެވެ." އެމީހާ ދެންނެވިއެވެ. "ކަލޭގެފާނު ޙައްޤުދީނާއިގެން ފޮނުއްވި ކަލާނގެ ޤަންދީ ދަންނަވަމެވެ. މިއަށްވުރެ ރަނގަޅަށް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑަށް ދަސްކޮށްދެއްވައި އަންގަވައިދެއްވަންވީ ނޫންތޯއެވެ."

ދެން ފަހެ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ކަލޭ ނަމާދަށް ހުއްޓިހުރެ ތަކްބީރު (އެބަހީ: الله اكبر) ކިޔާށެވެ. ދެން ކަލޭއަށް ޤުރްއާނުން ދަަސްވެފައި އޮތްތަނެއް ކިޔަވާށެވެ. ދެން ރުކޫޢުކޮށް ހަމަހިމޭންވަންދެން ރުކޫގައި އޮންނާށެވެ. ދެން ބޯއުފުލައި ހަށިގަނޑު ހަމަޖެހެންދެން ކޮޅަށް ހުއްޓި ހުންނާށެވެ. ދެން ސަޖިދަކޮށް ހަމަހިމޭންވަންދެން ސަޖިދާގައި އޮންނާށެވެ. ދެން ސަޖިދައިން ބޯއުފުލައި ހަމަހިމޭންވަންދެން އިށީންދެ އިންނާށެވެ. ދެން ދެވަނަ ސަޖިދަކޮށް ހަމަހިމޭންވަންދެން ސަޖިދާގައި އޮންނާށެވެ. ދެން ކަލޭގެ މުޅި ނަމާދުގައި މިގޮތަށް ކަންތައް ކުރިއަށް ގެންދާށެވެ. (ބުޚާރީ- މުސްލިމް)

އިރުޝާދު:

1. މިވާހަކައިގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް އޭނާ އަށް ދަސްކޮށްދެއްވާފައިވަނީ ހަނައެކަނި ނަމާދުގެ ރުކުންތައް ކަމުގައިވާތީ އެކަމުން ދޭހަވަނީ އެތަންތާނގައި ހަމަހިމޭންވުމަކީ ފަރްޟުކަމެއް ކަމެވެ. އަދި އޭނާއަށް ނޭނގުނީވެސް އެކަންކަމުގައިވާތީއެވެ.

2. ޤުރްއާނުގައި އޮތް އޭނާއަށް އެންމެ ފަސޭހަ ތަނެއްގެ މުރާދަކީ ސޫރަތުލް ފާތިޙާ އެވެ. ސޫރަތުލް ފާތިޙާ ކިޔަވަން ނޭނގޭމީހަކަށް އެހެންތަނެއްވެސް ކިޔެވިދާނެއެވެ. ނަމަވެސް އެފަދަ މީހެއްގެ މައްޗަށް ފާތިޙާ ސޫރަތް ދަސްކުރުމަކީ ވާޖިބެކެވެ.

3. ތަކްބީރު ކިޔުމުގައި ފަރްޟުވެގެންވަނީ ހަމައެކަނި ހަށަންބަން ތަކްބީރެއެވެ. އެހެން ތަންތާނގައި ތަކްބީރު ކިޔުމަކީ ސުންނަތެކެވެ.

4. ސަޖިދަކުރަންވާނީ ހަތްގުނަން މަތީގައެވެ. އެއީ ނިތާއި ދެއަތްތިލައާއި ދެކަކުލާއި ދެފައިތިލައިގެ އިނގިލިތަކު ގެކޮޅެވެ. ސުންނަތް ވެގެންވަނީ އިނގިލިތަކުގެ ބަނޑުފުއް ޖެއްސުމެވެ. އަދި ނިތާއެކު ނޭފަތްވެސް ޖެއްސުން ސުންނަތް ވެގެންވެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އަދި ވަކީން ޚާއްސަކޮށް ކުޑަކުދީން ވަރަށް އަވަސް އަރުވާލައިގެން ނަމާދުކުރާތަން ފެނެއެވެ. މިގޮތަށް އަވަސްއަރުވާލާފައި ކުރާ ނަމާދު ޞައްޙައެއް ނުވާނެއެވެ. ނަމާދު ކުރަންވާނީ މަޑުމޮޅިކަމާއި ހަމަހިމޭންކަމާއިކު ލަސް ހަރަކާތެއްގައެވެ. އެރުކުނުން އަނެއް ރުކުންނަށް ދާންވާނީ މަޑުމައިތިރިކަމާއެކު ލަސްލަހުންނެވެ.

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން