މާޝާ މިދުހަތު   3 އޭޕްރީލު 2023 - 21:56
ކުޑަކުދިންނަށާއި ހުރިހާ އުމުރުފުރާއަކަށް ކަމުދާނެ ފަދަ އެއްޗެއް ޖީބަށް ލުއިކޮށް، ރޯދަ ވީއްލަން ތައްޔާރުކޮށްލުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. އެގޮތުން މިއަދުގެ ރެސިޕީއަކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭނެ އެކިއުމުރު ފުރާގެ މީހުންނަށް ކަމުދާނެ އެއްޗެކެވެ.

ޕޮޓޭޓޯ ޗީޒް ބޯލްސް ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

ބޮޑު ދެ އަލުވި

ޗީޒް

ރަހަ ހެޔޮވަރުކޮށްލަން އަސޭމިރުސް އަދި ލޮނު ކޮޅެއް

1 ސައިސަމުސާ މުގުރި ހިކި މިރުސް (ކުޅި ކޮށްލަން ބޭނުންވާނަމަ ހިކިމިރުސް އިތުރުކޮށް ނުވަތަ ޗޮޕްޑް ގިތެޔޮމިރުސްކޮޅެއް ބޭނުންކުރެވިދާނެ)

1 ފިޔާ ހިމުންކޮށް ޗޮޕް ކޮށްފަ

3 ބިސް

ފާރޮށި ކުނޑި

ތެޔޮ (ތެލުލަން)

(ރަހަ އިތުރަށް ފުރިހަމަ ކޮށްލުމަށް އިޓަލިއަން ސީޒަނިން ނުވަތަ ހާބްސް ކޮޅެއް އެޑް ކުރެވިދާނެ)

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ އަލުވި ފެނުކައްކާ ތޮށި މަށައި ތައްޔާރުކޮށްލާށެވެ. އަލުވިކޮޅު ތައްޔާރުކޮށްލެވެން ވާއިރަށް ޗީޒް ކޮޅު ކިއުބްކޮށް ކޮށާލާށެވެ. ދެން ބިސްކޮޅު ވަކިން ތައްޓަކަށް އަޅައި ލޮނު ކޮޅަކާއި އަސޭމިރުސް ކޮޅެއް އަޅައި މިސްކޮށްލާށެވެ. ފާރޮށި ކުނޑިވެސް ތައްޓަކަށްއަޅައި ރެޑީ ކޮށްލާފައި ބަހަށްޓާށެވެ. އެއަށްފަހު އަލުވި ޗަސްކޮށްލުމަށްފަހު، އަލުވި ކޮޅާއި، މިރުހާއި، ފިޔާ އަދި އަސޭމިރުސް ރަނގަޅަށް އެއްކޮށްލާށެވެ. ދެން އެއްކޮށްލި އަލުވިކޮޅު ގުޅަޖެހުމަށްފަހު، ކޮންމެ ގުޅައެއްގެ ތެރެއަށް ޗީޒް ކިއުބެއް ލައި ގުޅަ ބައްދާލާށެވެ. ދެން ތައްޔާރުކުރި އަލު ގުޅަތައް ބިހަށް ލުމަށްފަހު، ފާރޮށި ކުނޑިއަށްލުމަށްފަހު ތެލުލާށެވެ. ބޭނުންނަމަ އެއަރފްރައިވެސް ކޮށްލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން