އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކީ އާރެސެޕީތަކަށް ކާއެއްޗެހި ތައްޔާރުކޮށްލުމަށް ލޯބިކުރާ ބައެކެވެ. ބަދިގޭގައި އާރެސެޕީތައް ތަޖުރިބާކުރަން ލޯބި ކުރިނަމަވެސް އެކަނިމާއެކަނި ބަދިގޭގައި ގިނަ ބާވަތްތައް ތައްޔާރުކޮށްލުމަކީ ބައެއްފަހަރު އުނދަގޫ ކަމެކެވެ. އަދި ދުވާލުގެ ގިނަ ވަގުތު ބުރަކޮށް އުޅެލުމަށްފަހު ބަދިގެއަށްވަދެ، ކެއްކުމަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްލުމަކީ ގިނަ ވަގުތުތަކެއް ހޭދަވާ ކަމަކަށްވާތީ އެކަން އޮންނަނީ ވަރަށް އުނދަގޫ ކަމަކަށް ވެފައެވެ.

ނަމަވެސް މިހާރު މިކަމާ މާހާސްވާކަށް ނުޖެހެއެވެ. ޕްލެއިން ސޮލެއިލް ބްރޭންޑުގެ ތައްޔާރީ ކާނާއާއެކު ތަފާތު ރެސިޕީތަކަށް ކާއެއްޗެހި ތައްޔާރުކޮށް ކާމޭޒުމަތި ފަޅުފިލުވާލުމަކީ މާ އުނދަގޫކަމެއް ނޫނެވެ. ޕްލެއިން ސޮލެއިލް ބްރޭންޑުގެ އެކި ޕްރޮޑަކްޓްތަކަކީ ހަށްޓަށް ލުއިކޮށް، ފަސޭހައިން ތައްޔާރުކޮށްލެވޭ ޕްރޮޑަކްޓްތަކެކެވެ.

ޕްލެއިން ސޮލެއިލް ބްރޭންޑުގެ އެކި ޕްރޮޑަކްޓްތަކުގެ ތެރެއިން ފްރޯޒެން ނުވަތަ ގަނޑުކުރި ކާނާގެ ބާވަތްތަކަކީ އެތައް ވަގުތެއް ސަލާމަތް ކޮށްދޭނެ ކާނާގެ ބާވަތްތަކެއްކަން ޔަގީނެވެ. މީގެ ތެރޭގައި ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާލަން ފަސޭހަ ތަރުކާރީގެ ބާވަތްތައް ހިމެނޭ އޭޝިއަން މިކްސް އަދި ސްޓާ ފްރައި މިކްސް އަކީ ފަސޭހަކަމާއިއެކު ކާމޭޒުމަތި ފަޅުފިލުވާލަން އަދި ސިއްހަތަށް ފައިދާހުރި ބާވަތްތަކެކެވެ.

މީގެއިތުރުން ހުރިހާ އުމުރުފުރާއަކަށްވެސް ކަމުދާ ޕްލެއިން ސޮލެއިލް ބްރޭންޑުގެ ފްރޯޒެން ލުއިކާނާގެ ބާވަތްތަކަކީވެސް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ބާވަތްތަކެކެވެ. މީގެތެރޭގައި ފްރޯޒެން ފްރައިސް، ސްޕްރިންގ ރޯލްސް، ޕޮޓޭޓޯ ވެޖެސް، ޗީޒް ޕަފްސް، ޕޭސްޓްރީ ޕަފްސް އަދި އަނިއަން ރިންގްސް ފަދަ މީރު އެކި ބާވަތްތައް ހިމެނެއެވެ.

ރޯދަ ވީއްލުމަށް ފަސޭހައިން އެއްޗެށް ތައްޔާރުކޮށްލުމަށްވެސް، އަދި ލުއި ކާނާއެއް ތައްޔާރުކޮށްލަންވިޔަސް، ޕްލެއިން ސޮލެއިލް ބްރޭންޑުގެ އެކި ބާވަތްތަކަކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ބާވަތްތަކެކެވެ.



ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތާއި ހިތްހަމަޖެހުމަކީ އަބަދުވެސް ކާމިޔާބީގެ ތަޅުދަނޑިކަމަށް ދެކޭ ވިލާ ޓްރޭޑިންގުންދަނީ އާންމުންނަށް ބޭނުންވާ ބާވަތްތަކުގެ އުފެއްދުންތައް ދެނެގަތުމަށް އަބަދުވެސް މަސައްކަތްކުރަމުންނެވެ. ވިލާ މާޓުގެ ފިހާރަތައް ހިންގާ ވިލާޓްރޭޑިންގ ކުންފުނީގެ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ފެންވަރު ރަނގަޅު، އަދި ޔަގީންކަން ލިބިފައިވާ ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ބްރޭންޑް ތަކުގެ މުދާ ރައްޔިތުންނާ ހަމައަށް ފަސޭހަ ކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ. އެގޮތުން ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑެއްގެގޮތުގައި ހިމެނޭ ޕްލެއިން ސޮލެއިލް ބްރޭންޑުގެ އެކި ޕްރޮޑަކްޓްތައް މިހާރު ވިލާ މާޓުގެ ފިހާރަތަކުން ލިބެން އެބަހުއްޓެވެ.

ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްޓަކާއި، އެ ކުންފުނިން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ހޯލް ސޭލް އައި ރީޓެއިލްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެމުން އަންނަ ވިލާ މާޓުގެ 4 ސުޕަރމަރކެޓެއް، މާލެ އާއި ހުޅުމާލޭގައި މިހާރު ވަނީ ގާއިމުކޮށްފައެވެ. އަދި އޮންލައިންކޮށް ވިޔަފާރިކޮށްލަން ބޭނުންނަމަ ވިލާ މާޓުގެ ހާއްސަ ވެބްސައިޓްގެ އިތުރުން، އޮންލައިން ޝޮޕިންގއަށް ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށްވެސް ވިލާ މާޓުން ވިޔަފާރިކޮށްލެވޭނެއެވެ. މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ ސްޓޯ އަދި އެޕަލް ގެ އެޕް ސްޓޯރ އިން ޑައުންލޯޑް ކޮށްލައިގެން ބޭނުންކޮށްލެވޭނެއެވެ. ވިލާމާޓުގެ ޚިދުމަތްތަކާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެއްވުމަށް ވިލާ ޓްރޭޑިންގްގެ ހޮޓްލައިން ނަމްބަރ، 7667711 އާއި ގުޅައި މައުލޫމާތު ހޯދާލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން