މަރިޔަމް ލަމްޙާ ރަޝީދު   1 އޭޕްރީލު 2023 - 13:24
ބިސްކަޓް ޕުޑިން
ބިސްކަޓް ޕުޑިން
ފޮނި އެއްޗެހީގެ ތެރެއިން ޕުޑިން އަކީ ދިވެހިންގެ ތެރޭގައި މަޤުބޫލު އެއްޗެކެވެ. ބިސްކަޓް ޕުޑިން މަގުބޫލުވަނީ، މިއީ ރަހަމީރުވެފައި އަނގަޔަށް ލުއި ކެއުމަކަށްވީމައެވެ. ހާއްސަކޮށް ތުއްތު ކުދީންނަށް މިވަރެެއް ނޯންނާނެއެވެ. އެހެންކަމުން ބިސްކަޓް ޕުޑިން ވެގެންދާނީ އާއިލާގެ ހުރިހާ އެންމެންނަށްވެސް ކަމުދާނެ އެއްޗެއްކަން ހަމަ ޔަގީނެވެ.



މިއަދު ބިސްކަޓް ޕުޑިންގ އެއް ތައްޔާރުކޮށް އާއިލާއާއިއެކު ރޯދަ ވީއްލާއިރު އިތުރަށް ސުފުރާމަތި ފުރިހަމަ ކޮށްލާށެވެ.

ބޭނުންވާތެކެތި:

200 ގްރާމް އައިސިންގ ޝުގަރ

100 ގްރާމް މާޖިރިން

300 ގްރާމް މާރީ ބިސްކޯދު

300 މިލި ލީޓަރު ހޯލް މިލްކް (ހޫނުކޮށްފައި)

50 ގްރާމް ކެޝޫ ނަޓް (ޓޮޕިންއަށް)

1 ½ ސައިސަމްސާ ކޮކޯ ޕައުޑަރ

ތައްޔާރުކުރާނެގޮތް:

އައިސިންގ ޝުގަރ ރަނގަޅަށް ފުރާނައި ފުން ތައްޓަކަށް އަޅާށެވެ. އަދި މާޖިރިންއާއި ކޮކޯ ޕައުޑަރ އަޅައި ޗޮކޮލެޓް އައިސިންގ ތައްޔާރުކުރާށެވެ. ދެން ބިސްކޯދުތައް (100 ގްރާމް އިން 100 ގަރާމްއިން) ތަށްޓަކަށް އަޅައި ބިސްކޯދު ފޯވާވަރަށް ކިރު އަޅައި ފޯވަންދެން ބަހައްޓާށެވެ. އެއަށްފަހު ޕުޑިން ތައްޔާރުކުރާ ޓްރޭގައި އައިސިންގ ހާކާފައި ބިސްކޯދުގެ ފުރަތަމަ ލޭޔަރ ރީތިކޮށް ފަތުރާށެވެ. އަނެއްކާވެސް އައިސިންގ ފަތުރާލައ މިގޮތަށް ބިސްކޯދުތައް އެއްކޮށް ޓްރޭއަށް އެޅެންދެން ލެޔަރކޮށް ބިސްކޯދުތައް އަތުރާށެވެ.

އެއަށްފަހު އެންމެ ފަހު އައިސިންގ ލޭޔަރ ފަތުރާފައި މައްޗަށް ކެޝޫނަޓްކޮޅު އަޅާށެވެ. އަދި 30 މިނެޓު ވަންދެން އައިސްއަލަމާރިއަށް ލައި ފިނިކުރާށެވެ. އޭރުން ޕުޑިން ތައްޔާރުވީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން