ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)އާ ބައްދަލުކުރައްވައިފިއެވެ.
ރޯދަވީއްލެވުމަކާއެކު އޮތް މި ބައްދަލުކުރެއްވުން އޮތީ މިއަދު ޗަމްޕާ ގިރީ ނުވަތަ ގަމަރުގިރީގައެވެ.
ޗަމްޕާ ގިރިއަށް ވަޑައިގެންނެވުމުން އުއްޗު ވަނީ ރައީސް ސާލިހަށް “އިބޫ 2023” ޖަހާފައިވާ ޓީޝާޓެއް އަރުވާފައެވެ. ނަމަވެސް މިއީ ސީދާ ކޮންކަމަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވެވި ބައްދަލުވުމެއްކަމެއް ނޭނގެއެވެ.
ރައީސް ސާލިހާއެކު މި ބައްދަލުކުރެއްވުމުގައި ރައީސް ސާލިހުގެ އަރިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ސާލީހާއި އުއްޗު މިއަދު ބައްދަލުކުރައްވާފައި ވާއިރު މީގެކުރިން ރައީސް ސާލިހުގެ ވަރަށް ގިނަ އަރިސް ބޭފުޅުން ވަނީ އުއްޗުއާ ބައްދަލުކުރައްވާފައެވެ. އަނެއްކޮޅުން ރައީސް ނަޝީދުގެ އަރިސް ބޭފުޅުންވެސް އުއްޗުއާ ބައްދަލުކުރައްވާފައިވެއެވެ.
އުއްޗުއަކީ މީގެކުރިން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ. ނަމަވެސް މިހާރު އުއްޗު އުޅުއްވަނީ ސިޔާސީ މަޝްރަހާއި ވަރަށް ދުރުގައެވެ. އުއްޗުއަކީ މީގެކުރިންވެސް އިންތިހާބު ތަކުގައި ސިޔާސީ ލީޑަރުންނަށް މާލީގޮތުން ވަރަށް ބޮޑެތި އެހީތައް ފޯރުކޮށްދެއްވާފައިވާ ބޭފުޅަކަށްވާތީ މި ހުރިހާ ބޭފުޅުންވެސް އުއްޗުއާ ބައްދަލުކުރައްވަނީ ކެމްޕެއިނަށް މާލީ އެހީތެރިކަން ހޯދުމަށް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު