ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެންދަވަނީ އައު ޖީލެއް ލީޑް ކުރައްވަމުންކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ އިސް މެމްބަރެއްކަމަށްވާ އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެ ބޭފުޅުންނާއެކު ކޯލިޝަން ހަދާ ފަރާތްތައްވެސް މިހާރު ދަނީ ޔަގީންވަމުންނެވެ.
އަދާލަތު ޕާޓީން ނިންމާފައިވަނީ ރައީސް ސާލީހާއެކު ކޯލިޝަން ހެދުމަށެވެ. އަދި އެޕާޓީން ދަނީ ރައީސް ސާލިހުއަށް ތާއީދު ހޯދުމަށް މަސައްކަތްކުރަމުންނެވެ.
އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިހާރުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ މަޝްހޫރު ރައިވަރަކާއެކު މިއަދު ޓްވީޓެއް ކުރައްވާފައެވެ. ބެލެވޭގޮތުގައި އެ ރައިވަރަކީ ރައީސް ނަޝީދަށް ނުވަތަ ގާސިމް އިބްރާހިމަށް އަމާޒުކޮށްފައިވާ ރައިވަރެކެވެ.
އަލީ ޒާހިރުގެ ރައިވަރުން މައިގަނޑު ގޮތެއްގައި މާނަކުރެވެނީ ކިތަންމެ ގަދަ ފަދަ އެއްޗެއް ނުވަތަ އާރާއި ބާރުގެ ގޮތުން ކިތަންމެ ގަދަ ބަޔަކުވެސް ބަލިކަށިވެދާނެ ވާހަކައެވެ.
"ގަދަ ލަކުޑި ފީވެދޭ، ގަދަ ދަގަނޑު ދަބަރަށްވެދޭ، ގަދަ ހިލަ އަނދާ ރޫޅިދޭ، ގަދަވެ ބަލި އިންޖީނުދޭ، ގަދަނިދިއަޔަސް މަޑުވެދޭމި، ގަދަ އަލިފާންނިވި ދޭމި." އަލީ ޒާހިރުގެ ޓްވީޓްގައިވެއެވެ.
އަކީ ޒާހިރުގެ ޓްވީޓްގައި ދެން ވިދާޅުވެފައި ވަނީ ވަގުތާއި ޙާލަތުގެ ސަބަބުން ޤައުމުގައި އުފެދުނު ތަފާތު ޖަޒްބާތު ތަކާއި ފިކުރުތައް ނިމިއްޖެކަމަށެވެ. އަދި ރާއްޖޭގައި މުޅީން އައުޖީލެއް ލީޑް ކޮށްދެއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފޯރިގަދަވަމުންދާއިރު އަދިވެސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މުޅިން ޔަގީނެއް ނޫނެވެ. މިހާތަނަށް ވާދަކުރައްވާނެކަން އިއުލާންކޮށްފައިވަނީ ރައިސް ސާލިހާއި ގާސިމް އިބްރާހިމް އެކަންޏެވެ. ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާއި ގުޅިގެން އެމަނިކުފާނަށް ވާދަކުރެއްވޭނެކަން އޮތީ ޝައްކެއްގެ ތެރޭގައެވެ. އެމްއެންޕީގެ ރައީސް ނާޒިމްވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރަށްވާފައެވެ. ނަމަވެސް އޭނާއަށް އިންތިހާބުގައި މާގިނަ ވޯޓްތަކެއް ހޯއްދެވިދާނެކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.

ގަދަ ލަކުޑި ފީވެދޭ
— Ali Zahir (alipi) (@alixahir) March 31, 2023
ގަދަ ދަގަނޑު ދަބަރަށްވެދޭ
ގަދަ ހިލަ އަނދާ ރޫޅިދޭ
ގަދަވެ ބަލި އިންޖީނުދޭ
ގަދަނިދިއަޔަސް މަޑުވެދޭމި
ގަދަ އަލިފާންނިވި ދޭމި
ވަގުތާ ޙާލަތުގެ ސަބަބުން ޤައުމުގައި އުފެދުނު ތަފާތު ޖަޒްބާތު ތަކާއި ފިކުރުތަށް ނިމިގޮސް، މުޅީން އައުޖީލެއް ލީޑްކޮށްދެއްވަނީ @ibusolih
އަލީ ޒާހިރުގެ ރައިވަރުން މައިގަނޑު ގޮތެއްގައި މާނަކުރެވެނީ ކިތަންމެ ގަދަ ފަދަ އެއްޗެއް ނުވަތަ އާރާއި ބާރުގެ ގޮތުން ކިތަންމެ ގަދަ ބަޔަކުވެސް ބަލިކަށިވެދާނެ ވާހަކައެވެ.
"ގަދަ ލަކުޑި ފީވެދޭ، ގަދަ ދަގަނޑު ދަބަރަށްވެދޭ، ގަދަ ހިލަ އަނދާ ރޫޅިދޭ، ގަދަވެ ބަލި އިންޖީނުދޭ، ގަދަނިދިއަޔަސް މަޑުވެދޭމި، ގަދަ އަލިފާންނިވި ދޭމި." އަލީ ޒާހިރުގެ ޓްވީޓްގައިވެއެވެ.
އަކީ ޒާހިރުގެ ޓްވީޓްގައި ދެން ވިދާޅުވެފައި ވަނީ ވަގުތާއި ޙާލަތުގެ ސަބަބުން ޤައުމުގައި އުފެދުނު ތަފާތު ޖަޒްބާތު ތަކާއި ފިކުރުތައް ނިމިއްޖެކަމަށެވެ. އަދި ރާއްޖޭގައި މުޅީން އައުޖީލެއް ލީޑް ކޮށްދެއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފޯރިގަދަވަމުންދާއިރު އަދިވެސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މުޅިން ޔަގީނެއް ނޫނެވެ. މިހާތަނަށް ވާދަކުރައްވާނެކަން އިއުލާންކޮށްފައިވަނީ ރައިސް ސާލިހާއި ގާސިމް އިބްރާހިމް އެކަންޏެވެ. ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާއި ގުޅިގެން އެމަނިކުފާނަށް ވާދަކުރެއްވޭނެކަން އޮތީ ޝައްކެއްގެ ތެރޭގައެވެ. އެމްއެންޕީގެ ރައީސް ނާޒިމްވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރަށްވާފައެވެ. ނަމަވެސް އޭނާއަށް އިންތިހާބުގައި މާގިނަ ވޯޓްތަކެއް ހޯއްދެވިދާނެކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު