ސަރުކާރުގެ ވަޒީފާއިން ވަކިކުރާ މީހުންގެ ބަދަލުގައި އިތުރު މީހުން އެމަގާމުތަކަށް ނުނެގުމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން މިކަމަށް ގޮވާލެއްވީ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށް ބުނެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުތަކުން ވަކިކުރަމުންދާ ދަނޑިވަޅެއްގައެވެ. އެކަމާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ ރައީސް ސާލިޙުގެ ސަރުކާރަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު ސިޔާސީ މަގާމުތައް އެންމެ ގިނަ މަތިބަރު ސަރުކާރު ކަމަށެވެ.





ސިޔާސީ މަގާމުތައް އިތުރުވުމުން ސަރުކާރު ރިކަރަންޓް ޚަރަދު ވެސް ވަރަށް ބޮޑުވެފަައިވާ ކަމަށް އޭނާ ވިދާޅުވިއެވެެ.

"އެހެންވީމާ މިހާރު ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މީހުން ވަކިކުރުމަށްފަހު ބަދަލުގައި އިތުރު މީހުން އައްޔަން ނުކުރަން ސަރުކާރަށް ގޮވާލަން،" ރާއްޖޭގެ ތައުލީމީ ދާއިރާގައި 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރަށްވާފައިވާ އާދަމް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު