ގއ. ކަނޑުހުޅުދޫ ފަޅުތެރެއިން މަރުވެފައި އޮތް ޒުވާނަކު މިއަދު ފެނިއްޖެއެވެ.

ކަނޑުހުޅުދޫގައި ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެެވެ. ފުލުހުން ބުނީ އެރަށުގެ ޒުވާނަކު މިއަދު ފަތިހު 4:25 ހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ހަބަރެއް ނުވާކަަމަށް 4:45 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ. އަދި އާއިލާ މީހުންނާއެކު ފުލުހުން އޭނާ ހޯދަމުން ދަނިކޮށް އޭނާ ފެނިފައި ވަނީ ސައިކަލާއެކު ރަށުގެ ފަޅު ތެރޭ މޫދުން ކަަމަށް ފުލުހުން ބުނެއެވެ.

އަދި ރަށުގެ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާއި ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.

ކަނޑުހުޅުދޫގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ނަފްސާނީ މައްސަލައެއް ހުންނަ ޒުވާނެއް ކަމަށް އެނގިފައިވެއެވެ.

ފުލުހުން ބުނީ މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު