އަހުމަދު މަސްނޫމް   31 މާރިޗު 2023 - 14:36
ތިލަފުށީގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށީ އެމްޕީއެލް ސަރަހައްދުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން ތިލަފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު މެންދުރު 12:45 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ރޯވެފައިވާ ތަނުގެ 80 ޕަސަންޓް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި އިތުރުތަނަކަށް އަލިފާން ފެތުރިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ 2 ބުރިއަށް ހަދާފައި ހުރި އިމާރާތެއްގައެވެ. އެ އިމާރާތުގެ ގްރައުންޑް ފްލޯރއަކީ ލަކުޑި ގުދަނެކެވެ. އަދި މަތީބައި ބޭނުން ކުރަނީ އެކޮމޮޑޭޝަން ބްލޮކަކަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު