ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވާނީ ރައްޔިތުންގެ ލޯތްބާއެކު ކަމަށް ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ދިމާކޮށް ރާއްޖޭގެ ސިޔާސީ މަސްރަހަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އެކިއެކި ސިޔާސީ ފަރާތްތަކުން އިންތިހާބުގައި ތާއީދު ކުރާނެ ސިޔާސީ ލީޑަރުން ކަނޑައަޅައި އިއުލާން ކުރަމުންދާއިރު ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް މިހާރު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައެވެ.



ރިޔާސީ އިންތިހާބުގެ ފޯރި އިތުރަށް ގަދަވެފަައިވާ މި ދަނޑިވަޅުގައި ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ކާމިޔާބު ކުރަށްވާނީ ރައްޔިތުންގެ ލޯތްބާއެކު ކަމަށެވެ. އަދި އެމަނިކުފާނުގެ މާލިމީ ކަމުގައި ރާއްޖެއަށް ލިބެމުންދާ ތަރައްގީ އޮތީ ސާފުކޮށް ފެންނަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކޮށް އެމަނިކުފާނު ވެރިކަމަށް ގެނަައުމަށް އަދާލަތު ޕާޓީ އާއި އެމްޑީއޭއިން މިހާރު ވަނީ އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު