ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމެވުމާ ގުޅިގެން ކަމަށްބުނެ އެޕާޓީން އިސްތިއުފާ ދެމުންދަނީ ނަމެއްގައި ޕާޓީގައި ތިބި ބައެއް ކަމަށް ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމާފައިވާކަން އިއުލާނުކުރައްވާފައިވާތީ ޕާޓީގެ އިސް ބައެއް ބޭފުޅުން ޕާޓީ ދޫކުރަމުންދާ ކަމަށް ބުނެ ރާއްޖޭގެ މީޑިޔާއަކުން ރިޕޯޓް ކޮށްފައިވާތީ އެކަމަށް އިޝާރަތް ކުރަށްވަމުންނެވެ.
ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވީ އިސްތިއުފާ ދެއްވިކަމަށް ވިދާޅުވި ބޭފުޅުންގެ ނަމާއެކު ޖުމްހޫރީ ޕާޓީ ކިއުއްވިޔަސް އެ ފަރާތްތަކަކީ ޕާޓީގެ ސިޔާސީ އެއްވެސް ހަރަކާތެއްގައި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައިވެސް އުޅުވާފައިވާ ފަރާތްތަކެއް ނޫންކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ކަން ވެސް ކުރެއްވި އިލްހާމް ވިދާޅުވީ ޕާޓީން އިސްތިއުފާ ދެެއްވި ފަރާތްތަކުން އުންމީދުކޮށްގެން ތިބީ ވަކިކަމަކަށްކަމަށެވެ. އަދި އެމަގަށް ޕާޓީގެ ފިކުރު ގެންދެވޭތޯ ވަރަށް މަސައްކަތްކުރި ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރަން ނިންމި ނިންމުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ ބައެއް މަގާމުތައް ފުރަމުން ގެންދާ ފަރާތްތަކުން ވަނީ އެޕާޓީން އިސްތިއުފާ ދެއްވާފައެވެ. އެބޭފުޅުން އިސްތިއުފާ ދެއްވުމަށް ފޮނުއްވާފައިވާ ސިޓީތަކުގައި ވިދާޅުވެފައިވަނީ ކުރިއަށްއޮޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރަށްވަން ނިންމަވާފައިވާތީ ޖުމުހޫރީ ޕާޓީން ވަކިވާން ނިންމީ ކަމަށެވެ.
އެ ބޭފުޅުން އިސްތިއުފާ ދެމުންދަނީ ސަރުކާރުގެ ވަޒީފާ ގެއްލިގެންދާނެތީ މަގާމު ދިފާއު ކުރުމަށާއި އަންނަ ދައުރުގައި ވެސް އެ ވަޒީފާ ދެމެހެއްޓޭނެ ކަމުގެ ހުވަފެނުގައި ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އަދަދުގެ ޖަވާބް:
— Ilham Ahmed (@ilhammaldives) March 31, 2023
އިސްތިޢުފާ ދެއްވިކަމަށް ވިދާޅުވި ބޭފުޅުންން، ނަމުގައި ޖޭޕީގައި ކިއުއްވިޔަސް ޖޭޕީގެ ސިޔާސީ އެއްވެސް ހަރަކާތެއްގައި ވޭތުވެދިޔަ 2 އަހަރު،3، 4 އަހަރު ތެރޭގައި އުޅުއްވާފައެއް ނުވޭ! އުންމީދުކޮށްގެން ތިއްބެވީ ވަކިކަމަކަށް. އެމަގަށް ގެންދެވޭތޯ ވަރަށް ޓްރައިކުރެއްވި https://t.co/yuQsOjWDyM
ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރަން ނިންމި ނިންމުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ ބައެއް މަގާމުތައް ފުރަމުން ގެންދާ ފަރާތްތަކުން ވަނީ އެޕާޓީން އިސްތިއުފާ ދެއްވާފައެވެ. އެބޭފުޅުން އިސްތިއުފާ ދެއްވުމަށް ފޮނުއްވާފައިވާ ސިޓީތަކުގައި ވިދާޅުވެފައިވަނީ ކުރިއަށްއޮޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރަށްވަން ނިންމަވާފައިވާތީ ޖުމުހޫރީ ޕާޓީން ވަކިވާން ނިންމީ ކަމަށެވެ.
އެ ބޭފުޅުން އިސްތިއުފާ ދެމުންދަނީ ސަރުކާރުގެ ވަޒީފާ ގެއްލިގެންދާނެތީ މަގާމު ދިފާއު ކުރުމަށާއި އަންނަ ދައުރުގައި ވެސް އެ ވަޒީފާ ދެމެހެއްޓޭނެ ކަމުގެ ހުވަފެނުގައި ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު