ތިން ވަނަ "ވިއަވަތި ރާއްޖެ" މަހާސިންތާ މި އަހަރުގެ މެއި މަހު ބާއްވަން ސަރުކާރުން ނިންމައިފި އެވެ.
އެ މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި 12އިން 14 އަށް ހދ. ހަނިމާދޫގަ އެވެ. މި މަހާސިންތާގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައެެވެ.
ރައީސް އޮފީހުން ބުނީ "ވިއަވަތި ރާއްޖެ" މަހާސިންތާގެ މައިގަނޑު ބޭނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި، ކައުންސިލުތައް ބާރުވެރިކުރުމަށް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުން ކަމަށެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ކައުންސިލުތަކަށް ލިބިދިނުމަށް، ޤާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލްތައް އަހުލުވެރިކުރުމަކީ ވެސް އެމަހާސިންތާގެ ބޭނުމެއް ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު