އިންސާނާއަށް ފެންނަ ގޮތުގައި ހުރިހާވެސް އެއްޗަކީ ދުނިޔެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ 5 ވަނަ އިޙްޔާ ފޯރަމްގައި ރޭ ތަޤްރީރުކުރައްވަމުންނެވެ. ”އައީ ކޮންތާކުން؟ ދާނީ ކޮންތާކަށް؟” މި މައުޟޫޢަށް ރޭ އޮތް ފޯރަމްގައި ތަޤްރީރުކުރެއްވީ ހޯމް މިނިސްޓަރގެ އިތުރުން އައްޝައިޚް ޢަބްދުﷲ ރަޝީދެވެ.
މި ތަޤްރީރު ފައްޓަވާފައިވަނީ އެހެންރޭތަކާ ޚިލާފަށް ފޯރަމްގައި ބައިވެރިންވެސް ބައިވެރިކޮށްގެން ވަރަށް ޝައުގުވެރިގޮތަކަށެވެ. އެގޮތުން މިނިސްޓަރ އިމްރާން ވަނީ ފޯރަމްގައި ތިއްބެވި ބޭފުޅުން ލޯމެރުއްވުމަށް އެދިވަޑައިގެންނެވުމަށްފަހު އިންސާނާ ދުނިޔެއަށް އުފަންވުމަށް ކުރާ ދަތުރުން ފެށިގެން އުފަންވުމާއި، އުފަންވުމަށްފަހު މަރުވުމާ ހަމައަށް އިންސާނާގެ އުމުރުގެ އެކި ހިސާބުތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވައި މަރާއި، މަރުވުމަށްފަހު ދެން އިންސާނާގެ އެ ޙަޔާތް ފެށިގެންދާގޮތާއި ސުވަރުގެ ނޫނީ ނަރަކައަށް އިންސާނާ ދިއުމާހަމައަށް ތަސައްވުރުކުރެވެނޭހެން އަލިއަޅުއްވާ ލައްވާފައެވެ.
ވަރަށް މަދު މިނެޓްކޮޅެއްގެތެރޭގައި އިންސާނާގެ މުޅި ހަޔާތް ތަސައްވުރުކޮށްދެއްވުމަށްފަހު މިނިސްޓަރ އިމްރާން ވިދާޅުވީ މިއީ އަޅުގަނޑުމެންގެ އުމުރުގެ ކުރުކަން ހާމަކޮށްދޭ ކަމެއްކަމަށާއި އުމުރަކީ ވަރަށް ކުރު ދަތުރެއް ކަމަށެވެ. އެހެންނަމަވެސް އިންސާނާއަށް ފެންނަނީ ދުނިޔެއަކީ ހުރިހާވެސް އެއްޗެއްގެ ގޮތުގައި ކަމަށާއި މާތްﷲ އަޅުގަނޑުމެންނަަށް ދެއްވާފައިވާ މި ޙަޔާތުގައި އުޅެމުންދަނީ ޙަޔާތުގެ އަސްލު ހަނދާން ނައްތާލާފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޢަބްދުﷲ ރަޝީދުވެސް ވަނީ އިންސާނާ އުފެދިގެން އައި ހިސާބުން ފެށިގެން މަރުވުމަށްފަހު ކަންތައް ވާގޮތަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.
އެގޮތުން މަރާގުޅޭ ގޮތުން ޝައިހް ވިދާޅުވީ ކަށްވަޅުގެ އިމްތިހާނަކީ ބޮޑުވެގެންވާ އިމްތިހާނެއް ކަމަށެވެ. އިންސާނުން ކުރާ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް ލިއުއްވިގެންވާ ފަތް އެމީހެއްގެ އަތަށް ލިބިގެންދާހިނދު ކަންތައް ވެގެންދާގޮތަށްވެސް ޝައިޚް ވަނީ ބައްލަވާ ލައްވާފައެވެ. ކޮންމެ ނަފްސެއްވެސް ކުޅަ އަމަލެއްގެ ޖަޒާ އެ ނަފްސަކަށް ލިބޭނެ ކަމަށް ޝައިޚް ރަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު