ވަޒީފާގެ ހަޤީޤީ ހިތްހަމަޖެހުމަކީ ވަޒީފާގެ މާހައުލުގައި އެއްބައިވަންތަކަން ގާއިމުވެފައި އޮތުމެވެ
ވަޒީފާގެ ހަޤީޤީ ހިތްހަމަޖެހުމަކީ ވަޒީފާގެ މާހައުލުގައި އެއްބައިވަންތަކަން ގާއިމުވެފައި އޮތުމެވެ
ވަޒީފާ އަދާކުރުމަކީ އުފަލާއި ހިތްހަމަޖެހުން ލިބިދޭ އަދި މުޖުތަމަޢު ތިމާ ބަލައިގަންނާނެ ކަމެކެވެ. އެހެން ނަމަވެސް ބައެއް މީހުންނަށް ބައެއްފަހަރު ވަޒީފާ އަދާކުރުމަކީ އެހާއި ހިތްހަމަޖެހުން ލިއްބައިދޭ ކަމެއް ނޫނެވެ. އެފަދަ މީހުން ވަޒީފާ އަދާކުރަނީ ކުރާހިތަކުން ނޫނެވެ. އެއީ ކުރަންޖެހޭ ކަމަކަށްވާތީ އެނިޔަތުގައެވެ. ގިނަ ވަގުތު މަސައްކަތް ކުރުމާއި އަބަދު އެއްކަމެއް ކުރުމަކީ މީހާ ފޫހިކުރުވާނެވެސް ކަމެކެވެ.

ނަމަވެސް، އާއްމު މީހެއްގެ ހަޔާތުގެ އެތައް ވަގުތެއް މަސައްކަތުގައި ހޭދަކުރެއެވެ. ރެއާއިދުވާލުގެ ގިނަވަގުތުތައް މަސައްކަތުގައި ހޭދަކުރާއިރު އެކުރާ މަސައްކަތަކީ މީހާއަށް ކޮންމެވެސް ކަހަލަ އުފާވެރިކަމެއް ގެނުވާ ކަމަކަށްވުން މުހިންމެވެ.

ބޭރުގެ ދެ ޖަމީއްޔާއެއްކަމަށްވާ ތިންކް ޓޭންކައާއި ނިއު އިކޮނޮމިސްޓް ފައުންޑޭޝަނުން ވަނީ މަސައްކަތުގެ މާހައުލު އުފަލާއި ހިތްހަމަޖެހުން ލިއްބައިދޭ މާހައުލަކަށް ބަދަލުކޮށްލެވޭ ގޮތްތަކާއި އަދި އެކަމުގެ މުހިއްމުކަމުގެ މައްޗަށް ދިރާސާއެއް ކޮށްފައެވެ. މިދާރާސާތަކުން އެމީހުންވަނީ ވަނީ

"މަސައްކަތުގެ މާހައުލުން އުފާވެރިކަން ހޯދާނީ ކިހިނެއް؟" މިި ސުވާލުގެ ޖަވާބު، ހޯދާފައެވެ.

އެގޮތުން، މަސައްކަތުގެ މާހައުލުގައި ސްޓެރެސް ކުޑަވެ މީހާގެ އާއްމު ޞިއްހަތަށާއި ނަފްސާނީ ދުޅަހެޔޮކަމަށް މުޙިއްމު 7 ކަމެއް އެދެޖަމީއްޔާއިން ފާހަގަކުރެއެވެ.

ވަޒީފާގެ މާހައުލު އުފާވެރިކުރުމަށް ކުރެވިދާނެ ކަންތައްތައް:

1. ހަރަކާތްތެރިވެ އެކްޓިވްވުން:

ކަސްރަތާއި ފިޒިކަލް އެކްޓިވިޓީގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ދިމާވާ އަޑިގުޑަންތަކުން މީހާއަށް ސަލާމާތް ނުވެވިދާނެއެވެ. އެހެންނަމަވެސް މިއީ މީހާގެ ސިކުނޑި ތާޒާކޮށްދޭ އަދި މަސައްކަތަށް ދޭ ސަމާލުކަން އިތުރުކޮށްދޭނެކަމެކެވެ. ކަސްރަތުކުރުމުގެ މުހިންމުކަން ދިރިއުޅުމުގެ އެކި މައިދާންތަކުގައި މިގޮތަށް ފެންނަމުންދާކަމަށް އެކިއެކި ރިސާޗުން އަބަދުވެސް ފެންނަމުން ދެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކަހަހަ ކަސްރަތެއް ދުވަހުގެ ތާވަލުގައި ހިމަނާލާށެވެ. ނުވަތަ ދުއްވާ އެއްޗެހި ބޭނުންކުރިނަމަވެސް ކޮންމެވެސް ވަރަކަށް ފައިމަގުގައި އުޅެލާށެވެ. ނުވަތަ ބަހުގައި މަސައްކަތަށްދާނަމަ 1 ސްޓޮޕް ކުރިން ފައިބާށެވެ. އޭރުން ހަށިގަނޑު ހަރަކާތްތެރިވުމަށް ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން ވަޒީފާގައި އަބަދުހެން ގޮނޑީގައި ނުއިދެ ދޭތެރެއަކުން ތެދުވެލައި ކުޑަކޮށް ހިނގާލުމަކީވެސް މީހާގެ ސިކުނޑީ ތާޒާވެގެންދާނެކަމެކެވެ.

2. އެހެން މީހުންނާއި ގުޅިގެން އުޅުން:

އުފާވެރިކަން ހޯދުމަށް އެންމެ މުހިންމު އެއްކަމަކީ އެހެން މީހުންނާއި އޮންނަ ގުޅުމެވެ. މިކަން އެންމެ ބޮޑަށް އެނގޭ ކަމަކީ މިދިޔަ ޕެންޑަމިކް ތެރޭގައި ގޭގައި މަސައްކަތް ކުރަންޖެހި މީހުންނާއި ކަނެކްޓް ނުވުމުން މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށްފައިވުމެވެ. އެކުގައި މަސައްކަތް ކުރުމުގައި އެކަކު އަނެކެއްގެ ލަފަޔާއި އެހީތެރިކަން ލިބުމަކީ މަސައްކަތް އިތުރަށް ފަސޭހަވެގެން ދާނެކަމެކެވެ. އަދި އާއްމު ޙާލަތްތަކުގައިވެސް އެކުގައި މަސައްކަތް ކުރާ މީހުން ދެނެގަނެ އެމީހުންނާއި ގުޅުން ބަދަހި ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އޭރުން މަސައްކަތުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ފަސޭހަވާނެއެވެ. މީހުންނަށް އެހީތެރިވެދީ އުޅުމަކީ ނަފްސަށް އުފާވެރިކަން ގެނުވައިދޭ އަދި ހިތައް ހިތްހަމަޖެހުން ގެނުވައިދޭ ކަމެކެވެ.

3. އައު ކަންކަން ދަސްކުރުން:

އައު ކަންކަން ދަސްކުރުމަކީ މީހާގެ ސިކުނޑީގެ ބާރު ގަދަކޮށްދޭ ކަމެކެވެ. އަދި މިއީ ނަފްސާނީ ދުޅަހެޔޮ ކަމަށްވެސް ވަރަށް މުހިންމު ކަމެކެވެ. އަދި މިކަމުގެ ސަބަބުން ވަޒީފާގެ މާހައުލުގައިވެސް އިތުރު ކުރިއެރުންތައް ލިބެން މަގުފަހިވެގެންދާނެއެވެ. އެހެންކަމުން ކޮންމެވެސް އައު ކޯހެއް ނުވަތަ 'ހޮބީ'އެއް ހޯދައި އައުކަމެއް ދަސްކޮށްލާށެވެ. އަދި މީގެ އިތުރުން ވަޒީފާ ނިންމާލުމަށްފަހު ކޮންމެވެސް ކަމެއް މަސައްކަތުގެ މާހައުލުން ބޭރުގައި ކުރުމަކީވެސް މީހާއަށް ހިތްހަމަޖެހުން ގެނުވައިދޭ ކަމަކަށްވާނެއެވެ.

4. ނިމިދިޔަ ކަންކަން ހިތުން ފިލުވައިލުން:

ނިމިފައިވާ ކަންކަން ބޮލަށްލައިގެން އެކަމާއިމެދު ވިސްނުމަކުން ލިބޭނެ ފައިދާއެއް ނޯންނާނެއެވެ. މިއީ މީހާ މާޔޫސް ކުރުވައި ކަންކަމާއިމެދު ބޭކާރު ވިސްނުން ގެނުވާ ކަމެކެވެ. އެކަމެއް މިހެން ކުރެވުނުނަމަ މާރަނގަޅުވީހޭ މިކަން ނުކުރިނަމަ މާރަނގަޅުވީޙޭ މިކަހަލަ ގޮތަކަށް ވާހަކަ ދެއްކުމުން މީހާ އިތުރަށް ދާނީ ފަހަތަށެވެ. އެހެންކަމުން އަބަދުވެސް މިހާރުގެ ހާލަތަށް ސަމާލުކަން ދޭށެވެ. ނިމިދިޔަ ކަންތައް ހިނގައްޖެއެވެ.

5. ދިރިއުޅުމުގައި ހުރި އުފާވެރިކަންކަމަށް ސަމާލުކަންދިނުން:

ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އެކިކަހަލަ ކަންކަން ދިމާވާނެއެވެ. ނަމަވެސް ހަމައެކަނި ދެރަ ކަންކަމަށް ސަމާލުކަންދީ އެކަންކަމާއިމެދު އަބަދުހެން ވިސްނާނަމަ މީހާ ބޯގޮވާފާނެއެވެ. މިއާއި ޚިލާފަށް ތިމާއަށް ލިބިފައިވާ ކުދިކުދި އުފާތަކަށް ސަމާލުކަންދޭށެވެ. އޭރުން މީހާ އުވާވެރިވާނެއެވެ.

6. ނޭދެވޭ އާދަތަކާއި ދުރުހެލިވުން:

ތިމާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމާއިހުރެ ވަޒީފާގެ މާހައުލު ބަނަކޮށްލައެވެ. އެއީ ދިރިއުޅުން އުފާވެރިނުވުމުން އޮފީހަށްވެސް އާދެވެނީ އެމޫނާއިއެކު ކަމަށް ވާތީއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި ސްޓްރެސްވެ ހާސްކަންމަތީގައި އުޅުމަކީ މަސައްކަތުގެ މާހައުލަށް ތިމާ އަންނައިރު އޭގެ ސަބަބުން ވަޒީފާއަށް ގެއްލުންވެދާނެ ކަންކަމެވެ. އެހެންކަމުން ތިމާ ސްޓްރެސްވާނަމަ އެކުވެރިއެއްގާތުގައި ވާހަކަ ދައްކައި ކަންކަމަށް ހައްލު ހޯދާށެވެ. ނުވަތަ ތެރަޕިސްޓެއްގެ އެހީތެރިކަން ހޯދާށެވެ. އެކަންކަން ހިތުގައި އަޅައިގެން ހުރުމަކީ ގޯސް އާދައެކެވެ. އަދި ސިނގިރެޓު ބުއިންވެސް ހުއްޓާލެވޭތޯ މަސައްކަތް ކުރަންވާނެއެވެ.

7. ސްމާޓްކޮށް މަސައްކަތްކުރުން:

އިނގިރޭސި ބަހާވިރާއެއްގައިވަނީ ވާކް ސްމާޓް ނޮޓް ހާޑް މިގޮތަށެވެ. މާނައަކީ ބުރަކޮށް މަސައްކަތް ކުރުމުގެ ބަދަލުގައި ސްމާޓްކޮށް މަސައްކަތ ކުރާށެވެ. މަސައްކަތުގެ ގަޑީގައި މުހިންމު ޓާސްކުތަކަށް ފޯކަސްކޮށް މަސައްކަތް ކުރާށެވެ. އޭރުން ކުރަންޖެހޭ މުހިންމު މަސައްކަތްތައް އަވަހަށް ނިންމޭނެއެވެ އަދި އެއަށްފަހު ބާކީ ހުރި މަސައްކަތްތައްވެސް ޑިއުޓީ ގަޑީގައި ނިންމޭނެއެވެ. ޑިއުޓީ ގަޑި ނިމިގެން އިތުރަށް މަސައްކަތް ކުރުމަކީ މީހާ ސްޓްރެސްވެ ހާސްވާނެކަމެކެވެ. އަދި އާއްމު ދިރިއުޅުމާއި އާއިލާ އަދި ވަޒީފާ ބަލެންސް ކުރަން ފަސޭހަވާނީ އޭރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން