އަހުމަދު މަސްނޫމް   30 މާރިޗު 2023 - 23:21
އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.

ޝާހު ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ ރައީސް ސާލިހުގެ ރިޔާސީ ދައުރުގައި ދައްކަވައިދެއްވާފައިވަނީ ގައުމުގެ ހަމަޖެހުމާއި އަސާސީ ހިދުމަތް ފޯރުކޮށްދިނުމާަައި ތަރައްގީކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރުމަށް ނިންމާފައިވާކަމަށް ޝާހު ވިދާޅުވިއެވެ.



ޝާހު ވިދާޅުވީ ރައީސް ސާލިހަށް ތާއީދުކުރަން ނިންމާފައިވާތީ ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުންނާއި ކައުންސިލު މެމްބަރުކަމުން އޭނާ އިސްތިއުފާދެއްވާފައިކަމަށެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން ޝާހު އިސްތިއުފާދެއްވާފައިވާއިރު ޖޭޕީގެ ސްލޮޓެއްގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އާދަމް އާޒިމްވެސް ވަނީ ޖޭޕީގެ ލީޑަރު ގާސިމްގެ އެޑްވައިޒަރުކަމުން މިއަދު އިސްތިއުފާދެއްވާފަައެވެ.



ކިޔުންތެރިންގެ ހިޔާލު