އެމްޑީޕީ މިހާރު ދަނީ އެޕާޓީގެ ރައީސް، މުހައްމަދު ނަޝީދުގެ ހުދުމުތާރު ކަމުން "މިންޖުވާން" ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ ގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މޫސާ އަލިމަނިކު (މޫކޭ) މިހެން ވިދާޅުވީ އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހާރޫން ވަކިކުރުމާއި ގުޅިގެން އޭނާ އަކީ ހުވަދޫގައި އެމްޑީޕީ ބިނާކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެއްވި ވަރުގަދަ ޝަހުސިއްޔަތެއް ކަމަށާއި އޭނާ ފަދަ ބޭފުޅުންނަށް ސިޔާސީ މުސްތަގުބަލަށް ޖާގަ ނޯންނާނެ ގޮތެއް ނުހެދޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ދެެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.



އެކަމާ ގުޅިގެން އާރްޑީސީ ގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލިމަނިކު (މޫކޭ) ވިދާޅުވީ ނަޝީދު ދެެއްވި މުސްތަގުބަލްގައި ހަލާކުވި ކިތަންމެ ބަޔަކު އެމްޑީޕީގެ އެތެރެ އާއި ބޭރުން ފެންނަން އެބަހުރި ކަމަށެވެ. އަދި ރައީސް ނަޝީދު އަބަދުވެސް ކުރިއަށް ނެރުއްވަނީ އަމިއްލަ އެދުންފުޅު ކަމަށް މޫކޭ ވިދާޅުވިއެެވެ. އެމަނިކުފާނުގެ އަމިއްލަ އެދުމަށްވުރެ ގައުމުގެ މަސްލަހަތާއި އެއްވެސް އިންސާނެއްގެ މަސްލަހަތު ކުރިއަށް ނުނެރުއްވާނެ ކަމަށްވެސް މޫކޭ ވިދާޅުވިއެވެ.

"މަނިކުފާނުގެ ހުދުމުތާރު ކަމުން އެމްޑީޕީ މިންޖުވާން މިދަނީ،" އެމްޑީޕީގެ އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ސާލިޙު ފެކްޝަނަށް ތާއިދު ކުރަށްވާ މޫކޭ ވިދާޅުވިއެވެ.

މޫކޭ މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިން ނަޝީދާއި ދެކޮޅަށް ފާޅުގައި ނިކުމެވަޑައިގެންނެވި އެޕާޓީގެ ލީޑަރޝިޕްގެ އިސް ބައެއް ބޭފުޅުން ވަނީ މަގާމުން ވަކިކޮށްފައެވެ. އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސާލިޙާ ވާދަކުރަށްވައި ނާކާމިޔާބު ވެވަޑައިގަތުމުން "ފިކުރެއްގެ ދިރުން" ނަމުގައި ނަޝީދު ގެންދަވަނީ ވަކި ފެކްޝަނެއް ހިންގަވަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު