ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހުއެވެ. ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.



އިލެކްޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުން ރަޖިސްޓްރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށްފައިވާކަމަށެވެ. އަދި އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށާއި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.



ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާބެހޭ ޝަކުވާ ހުށަަހަޅާ ފޯމުންކަމަށާއި އެ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ވެބްސައިޓުން ލިބޭނެކަމަށް ކޮމިޝަނުން ބުނެއެވެ.

ގުރއިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ޕީޕީއެމުން ކުރިމަތިލި އަވަހާރަވި މެންބަރު ރިޒާގެ ކޮއްކޯފުޅު، ޙުސައިން ރިޒާއާއި، އެމްޑީޕީ ކެނޑިޑޭޓް އިބްރާޙިމް ޝާޒް އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ ކެނޑިޑޭޓް އަލީ އާރިފެވެ.



ކިޔުންތެރިންގެ ހިޔާލު