ޖުމްހުރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަމުގެ މަޤާމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިސްތިއުފާ ދެއްވައިފިއެވެ.
އާޒިމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިންތިހާބުކުރުމަކީ މިވަގުތު ދިވެހިރާއްޖެއަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ މުސްތަގްބަލަށް އެންމެ ފައިދާކުރަނިވި ގޮތްކަމަށެވެ. އަދި ގައުމުގައި ހަމަޖެހުން ދެމެހެއްޓުވޭނެ ވެރިޔަކީވެސް ރައީސް ސާލިހުކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރިޔާސީ ކެނޑިޑޭޓަކު ނެރެ، ޖުމްހުމޫރީ ޕާޓީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމުމާއި ގުޅިގެން ގާސިމްގެ އެޑްވައިޒަރުކަމުގެ މަޤާމުގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުނުކުރެވޭކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.
ގާސިމްގެ އެޑްވައިޒަރުކަމުގެ މަޤާމުން އާޒިމް އިސްތިއުފާދެއްވާފައިވާއިރު ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން ދަނީ ޖުމްހޫރީ ޕާޓީން ވަކިވެ، ރައީސް ސާލިހަށް ތާއީދުކުރާކަން ހާމަކުރައްވަމުންނެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް އިންތިހާބު ކުރުމަށް އަޅުގަނޑު ތާއީދުކުރާތީ ޖޭޕީގެ ލީޑަރު، އަލްފާޟިލް ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަޤާމުން އަޅުގަނޑު މިއަދު އިސްތިއުފާ ދީފީމެވެ. @ibusolih pic.twitter.com/98Sy389T6B
— Adam Azim (@adamazim) March 30, 2023
އާޒިމް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރިޔާސީ ކެނޑިޑޭޓަކު ނެރެ، ޖުމްހުމޫރީ ޕާޓީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމުމާއި ގުޅިގެން ގާސިމްގެ އެޑްވައިޒަރުކަމުގެ މަޤާމުގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުނުކުރެވޭކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.
ގާސިމްގެ އެޑްވައިޒަރުކަމުގެ މަޤާމުން އާޒިމް އިސްތިއުފާދެއްވާފައިވާއިރު ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން ދަނީ ޖުމްހޫރީ ޕާޓީން ވަކިވެ، ރައީސް ސާލިހަށް ތާއީދުކުރާކަން ހާމަކުރައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު