މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބާއި ދިމާކޮށް ރާއްޖޭގެ ސިޔާސީ މަސްރަހަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން އެކިއެކި ސިޔާސީ ފަރާތްތަކުން ދަނީ އިންތިހާބަށް "ކޮޅު" ނަގަމުންނެވެ. ސަރުކާރުގައި ތިބި ބައެއް ބޭފުޅުން ރައީސް ސާލިހާއި ދެކޮޅަށް މަސައްކަތްކުރައްވާއިރު، އެހެން ޕާޓީތަކުގެ ބައެއް މެމްބަރުން ދަނީ ރައީސް ސާލިހުގެ ފަޅިއަށް އަރަމުންނެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވީ އެ އެއްޗެއް ހުންނަންޖެހޭ ތަނަކަށް އެ އެއްޗެއް މަޑުމަޑުން އެބަދާކަމަށާއި، ކުރިން ސާފުނުވާ ކަންކަން މިހާރު ވަރަށް ބޮޑަށް ސާފުވަމުންދާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަދިވެސް ހައިރާންކުރަނިވި ކަންކަން ފެންނާނެކަމަށް ބެލެވޭކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ބަޔަކު އެކުގައި ފެށި ދަތުރު އެގޮތުގައި ކުރިއަށް ނުގެންދެވުމަކީ ހިތާމައެއްކަމަށެވެ. ނަމަވެސް އިިރާދަކުރެއްވިއްޔާ އެމްޑީޕީން މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި ފައްޔާޒުގެ މިވާހަކަތައް އަމާޒު ކުރަށްވާފައި އެވަނީ ސަރުކާރުގެ ކޯލިޝަންގެ އެންމެ މުހިއްމު އެއް ބައިވެރިޔާކަމަށްވާ ޖުމްހޫރީ ޕާޓީގެ ޅީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވުމާއި ގުޅިގެން އެކަމަށެވެ.
ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވަން ނިންމަވާފައިވާއިރު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާތަކެއް ބާއްވަމުންނެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ހުންނަވާނީ ގާސިމްއާއެކުއެވެ. އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވެސް ދަނީ ގާސިމަށް ތާއީދު އޮތްކަން ހާމަކުރައްވަމުންނެވެ.
2018 ވަނަ އަހަރު ރައީސް ސާލިހު އެކުލަވާލި ކޯލިޝަން ސަރުކާރުގައި ތިބި ފަރާތްތަކުގެ ތެރެއިން ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދުކޮށްފައިވަނީ ހަމައެކަނި އަދާލަތު ޕާޓީންނެވެ. ނަމަވެސް މިހާތަނަށް އައިއިރު އަދާލަތާއި އެމްޑީޕީއާ ދެމެދު ކޯލިޝަން އެއްބަސްވުމެއް ހަދާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

The pieces are falling into place. The battle ground is set. The known unknown is getting clearer. Looking forward to interesting days ahead. It is indeed a pity that we are unable to continue this journey together. Insha Allah 2023 and victory is ours. KKBK. #MDP2023
— Fayyaz Ismail (@faya_i) March 30, 2023
ބެލެވޭ ގޮތުގައި ފައްޔާޒުގެ މިވާހަކަތައް އަމާޒު ކުރަށްވާފައި އެވަނީ ސަރުކާރުގެ ކޯލިޝަންގެ އެންމެ މުހިއްމު އެއް ބައިވެރިޔާކަމަށްވާ ޖުމްހޫރީ ޕާޓީގެ ޅީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވުމާއި ގުޅިގެން އެކަމަށެވެ.
ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވަން ނިންމަވާފައިވާއިރު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާތަކެއް ބާއްވަމުންނެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ހުންނަވާނީ ގާސިމްއާއެކުއެވެ. އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވެސް ދަނީ ގާސިމަށް ތާއީދު އޮތްކަން ހާމަކުރައްވަމުންނެވެ.
2018 ވަނަ އަހަރު ރައީސް ސާލިހު އެކުލަވާލި ކޯލިޝަން ސަރުކާރުގައި ތިބި ފަރާތްތަކުގެ ތެރެއިން ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދުކޮށްފައިވަނީ ހަމައެކަނި އަދާލަތު ޕާޓީންނެވެ. ނަމަވެސް މިހާތަނަށް އައިއިރު އަދާލަތާއި އެމްޑީޕީއާ ދެމެދު ކޯލިޝަން އެއްބަސްވުމެއް ހަދާފައިނުވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު