ގުޅީފަޅު ހިއްކުމުގެ ބޮޑު މަޝްރޫޢު އަންނަމަހު ފަށާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ.
ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ، ގުޅީފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށް މިހާރު ތައްޔާރުވެފައިވާކަމަަށާއި އެގޮތުން ބޮސްކާލިސް ކުންފުނިން ގުޅީފަޅުގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.
ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން ނިންމާފައިވަނީ ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ބިން ސަރަޙައްދީ ވިޔަފާރި ބަނދަރުގެ މަސައްކަތަށް ހާއްސަކުރުމަށެވެ.
ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢު ބޮސްކާލިސްއާ ހަވާލުކޮށްފައިވަނީ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. ގުޅިފަޅުގެ ފުރަތަމަ ފިހަވަހި 2010 ވަނަ އަހަރު ހިއްކީވެސް އެ ކުންފުނިންނެވެ.
އޭޕްރިލްމަހު ގުޅީފަޅުގެ ބިން ހިއްކަން ފަށާއިރު ހިއްކާ ސަރަޙައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަހުކޮޅަށް މުޅިން ނިންމާނެކަމަށް ސަރުކާރުން ބުނެއެވެ.
ގުޅީފަޅަކީ މާލެއާއި ގާތްގަނޑަކަށް 4 ކިލޯމީޓަރު ދުރުގައި ތަރައްޤީކޮށްފައިވާ ފަޅެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ނިންމާފައިވަނީ ގުޅީފަޅުގައި މީހުން އާބާދުކުރުމަށެވެ. އަދި ގުޅީފަޅުން 2000 ގޯތި މާލޭގެ ރައްޔިތުންނަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު