މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ލަބީގު މުހައްމަދު މާހިދު މަގާމުން ވަކިކޮށްފިއެވެ.

މަގާމުން ވަކިކުރިކަން އަންގައި ރައީސް އޮފީހުން އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، މުހައްމަދު މާހިދު މަގާމުން ވަކިކުރައްވާފައިވާކަމަށެވެ. އަދި އެންވަޔަރަންމެންޓް މިނިސްޓްރީގައި ހުންނަވައިގެން ލަބީގު ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ރައީސް ޝުކުރުއަދާކުރައްވާކަމަށް މި ސީޓިގައި ބުނެފައިވެއެވެ.

ލަބީގު މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އޭނާ ވަކިކޮށްފައިމިވަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ޚިޔާލުތައް ސޯޝަލް މީޑިއާގައި އޭނާ ފާޅުކުރަމުން ގެންދަނިކޮށެވެ. އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިންގަވަމުންދާ އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ތާއިދު ކުރަށްވާ މެމްބަރެއް ވެސް މެއެވެ.



ކިޔުންތެރިންގެ ހިޔާލު