އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ގއ، ވިލިނގިލި، ހިޔަލީގެ، ހާރޫން ރަޝީދު ވަކިކޮށްފިއެވެ.
ސަރުކާރުގެ ސަތޭކަ އިންސައްތަ ޙިއްޞާ އޮންނަ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީގެ ދަށުން ހިންގަމުން އަންނަ އެގްރޯނެޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާރޫނު ރަޝީދު މަގާމުން ވަކިކޮށްފައިވަނީ މިއަދުއެެވެ.
ހާރޫން، އެގްރޯ ނެޓްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ހާރޫން މަގާމުން ވަކިކުރި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެެވެ.
އެހެން ނަމަވެސް ހާރޫން ވަކިކޮށްފައިމިވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ދެކޮޅަށް ނުކުންނަވާ ބޭފުޅުން މަގާމުތަކުން ވަކިކުރަމުންދާ ދަނޑިވަޅެއްގައެވެ. ހާރޫން ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވަން ނިންމަވައި ކެމްޕެއިންގައި ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެން ނަޝީދަށް ކެމްޕޭން ވެސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު