ފްލައި ދުބާއީ ފްލައިޓެއްގެ ފުރޮޅެއް ފަޅައިގެން ދިއުމުން ބަންދުކުރި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުް، ވީއައިއޭގެ ރަންވޭ އަލުން ހުޅުވައިފިއެވެ.

މިއަދު މެންދުރުފަހު 2:18ގައި ވީއައިއޭގެ ރަންވޭ ބަންދުކުރީ، ދުބާއީން ރާއްޖެ އައި ފްލައި ދުބާއީގެ ފްލައިޓް ލޭންޑްކުރުމުގެ ތެރޭގައި ޓަޔަރެއް ފަޅައިގެން ގޮސް، ބޯޓު ރަންވޭ މައްޗަށް ހުއްްޓުމުންނެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއެސީއެލް)އިން ބުނީ ރަންވޭ މަތީގައި އޮތް މަތިންދާބޯޓު ނެގުމަށްފަހު ހަވީރު 5:50 ގައި ރަންވޭ އަލުން ހުޅުވާފައިވާކަމަށެވެ.

މި ހާދިސާގައި ބޯޓުން ދަތުރުކުރި ފަސިންޖަރަކަށްވެސް ކުރޫއަކަށްވެސް ގެއްލުމެއް ނުވާކަމަށް އެމްއޭސީޢެލުން ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވަގުތު ބޯޓުގައި 83 ފަސިންޖަރުން ތިއްބެވެ.

ވީއައިއޭގެ ރަންވޭ ބަންދުކުރުމާއި ގުޅިގެން ބައެއް ފްލައިޓްތަކުގެ ޝެޑިއުލަށް ވަނީ ބުރޫ އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު