މާލޭގެ އޮފީހެއް ފަޅާލައި، 7 ލައްކަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އޮފީހެއް ފަޅާލައި، 7 ލައްކަ ރުފިޔާ ވަގަށް ނެގި މައްސަލައެއް މިމަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަަށެވެ.

މި މައްސަލައިގެ ތުހުމަތުގައި މާލެއިން މިއަދު 43 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފައިކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ދިރިއުޅޭ ތަން ބަލާ ފާސްކުރިއިރު 5 ލައްކަ ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު