އައިޖީއެމްއެޗަށް ބޭނުންވާ ގޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް މިއަދު ހަމަޖެހިގެންދާނެކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން މިކަން ހާމަކޮށްފައި މިވަނީ އައިޖީއެމްއެޗަށް ކާބޮންޑައިއޮކްސައިޑް ގޭސް ސަޕްލައިކުރުމުގައި އެސްޓީއޯއަށް މައްސަލަތަކެއް ދިިމާވެ، ހޮސްޕިޓަލުގެ ހިދުމަތްތަކަށް ބުރޫ އަރާފައިވަނިކޮށެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން މިއަދު ބުނީ، ބައެއް ސާޖަރީތައް ހަދާއިރު ބޭނުންކުރާ ކާބޮންޑައިއޮކްސައިޑް ހުސްވަމުންދާތީ ބައެއް ސާޖަރީތައް ހެދުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލަށް ގޭސް ސަޕްލައިކޮށްދެނީ އެސްޓީއޯ އިން ކަމަށާއި ގޭސް ނުލިބެނީ އެ ކުންފުނިން ޑެލިވާކުރުމުގައި ލަސްތަކެއް އުޅޭތީކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ދިމާވީ އެ ހޮސްޕިޓަލުން އެ ގޭސް ބޭނުންކުރާ މިންވަރު އިތުރުވިކަން އެ ކުންފުނީގެ ޕްރޮކިއުމެންޓަށް ފާހަގަނުވެ އޮތުމުން ކަމަށެވެ. އެގޮތުން އައިޖީއެމްއެޗުން މިދިޔަ ތިން މަސް ދުވަހު ވެސް، މަހަކަށް ބޭނުންކުރީ 7 ސިލިންޑަރު ގޭސް ކަމަށާއި، އެކަމަކު މިހާރު އައިޖީއެމްއެޗުން ހަފުތާއަކަށް 7 ސިލިންޑަރު ބޭނުންވާކަމަށް މައުލޫމާތު ލިބެއެވެ.
ސަރުކާރުން ބުނީ އެކަން އެސްޓީއޯގެ ސަމާލުކަމަށް އައީ މިދިޔަ ހަފުތާގައިކަމަށާއި އަދި އެ މައްސަލަ މިއަދު ހައްލުވާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވަ ގޮތުގައި މިވަގުތަށް ކޮންމެހެން ބޭނުންވާ ދެ ސިލިންޑަރު ގޭސް އެސްޓީއޯޢިން މިއަދު އައިޖީއެމްއެޗަށް ވަނީ ފޯރުކޮށްދީފައެވެ. އަދި 3 ދުވަސް ތެރޭ އެއާފްރެއިޓްކޮށް އިތުރު 12 ސިލިންޑަރު ސަޕްލައިކޮށްދިނުމަށް ވަނީީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު