މޯލްޑިވްސް މީޑިއާ ކައުންސިލުން ދިވެހި މީޑިއާގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލެއް ކަނޑައަޅައި, އާންމުކޮށްފިއެވެ.
މި އުސޫލަށް އަމަލުކުރަން ފަށާފައިވާއިރު، މި އުސޫލުގައިވާ ގޮތުގެ މަތިން އުސޫލަށް އަމަލުކުރަން ފަށާތާ މީލާދީ އެއް މަސް ދުވަހުގެ ތެރޭގައި މީޑިއާގެ ދަފުތަރު އެކުލަވާލަން ޖެހެއެވެ،
މި ދަފްތަރު އެކުލަވާލަން ޖެހެނީ ގަވާއިދުން ހިންގަމުންދާ މީޑިއާތަކާއި ހިންގަމުން ނުދާ މީޑިއާތައް ވަކި ކުރެވޭ ގޮތަށެވެ. އަދި އުޞޫލްގައި ވާގޮތުން ހިންގަމުންދާ މީޑިއާއެއް ކަމަށް އައު ދަފްތަރުގައި ބަލާނީ، ނޫސް މަޖައްލާ އާއި މިނޫންވެސް އެފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ހަވަނަ މާއްދާގެ ދަށުން މީޑިއާއެއް ރަޖިސްޓްރީ ކޮށްފައިވާ ބައިތަކުގައި ބަޔާންކޮށްފައިވާ މިންވަރާ އެއްގޮތަށް ހިންގަމުންދާ ނުވަތަ ނެރެމުންދާ މީޑިއާތަކެވެ.
މި އުސޫލުގައިވާގޮތުން މީޑިއާއަކީ ހިންގަމުން ނުދާ މީޑިއާއެއް ކަމަށް ބަލާނީ ގަވާއިދުގެ ދަށުން ނޫސް މަޖައްލާ އާއި އެ ނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން އެ މީޑިއާއެއް ރަޖިސްޓްރީ ކޮށްފައިވާ ބައިތަކުގައި ބަޔާންކޮށްފައިވާ މިންވަރާ އެއްގޮތަށް ހިންގަމުން ނުދާ ނުވަތަ ނެރެމުން ނުދާ މީޑިއާތަކެވެ.
މި އުސޫލުގެ ދަށުން މީޑިއާގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރަނީ މީޑިއާ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުންނެވެ. އަދި މީޑިއާ ކައުންސިލުން ދަފްތަރު ބަލަހައްޓާއިރު ކޮންމެ ތިން މަހުން އެއް ފަހަރު ދަފްތަރުގެ އަދާހަމަކުރަން ވާނެ ކަމަށް އުސޫލުގައި ވެއެވެ.
ހިންގަމުންދާ މީޑިއާތަކާއި ހިންގަމުން ނުދާ މީޑިއާތައް ވަކި ކުރެވޭގޮތަށް ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާިއިރު ޓީވީ، ރޭޑިއޯ، މެގަޒިން އަދި އޮންލައިން ނޫސްތައް ހިމަނައިގެން ރާއްޖޭގައި ސަތޭކައެއްހާ މީޑިއާ އޮޕަރޭޓްކުރެއެވެ. ނަމަވެސް އޭގެތެރެއިން ގަވާއިދުން ހިންގަމުންދަނީ ނިސްބަތުން މަދު މީޑިއާތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު