މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް 135000 ވޯޓު ހޯދުމަކީ ދަތިކަމެއް ނޫން ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރީކޯ މޫސަ ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ސާލިޙު އެއްބުރުން ކާމިޔާބު ކުރަށްވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނަށް 135000 ވޯޓް ހޯދުމަކީ ބޮޑުކަމަކަށް ނުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ކަން ކުރެއްވި މޫސަ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އެކަނި 100000 ވޯޓް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ޕާޓީގައި ވަކި ފެކްޝަން ހަދައިގެން މަސައްކަތް ކުރަށްވާ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ޓީމު ނެތް ނަމަވެސް ޕާޓީއަށް ގެއްލޭނީ 300 އެއްހާ ވޯޓް ކަމަށް މޫސަ ރޭ ވިދާޅުވިއެވެެ. މޫސަ ވިދާޅުވީ އިންތިހާބުގެ ވޯޓްތައް ބެހިގެންދާނީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމަށް ކަމަށެވެ. އަދި ޖުމުހޫރީ ޕާޓީ އާއި އެހެން ޕާޓީތަކުން އިންތިޚާބުގައި ވާދަކުރި ނަމަވެސް އެމްޑީޕީ އަށް ގެއްލޭނެ ވޯޓެއް ނެތް ކަމަށް މޫސަ ވިދާޅުވިއެވެ.
"އެމްޑީޕީގެ ވޯޓްލާ އާބާދީއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ މިދިޔަ ޕްރައިމަރީގައި 55000 މީހުން. އެއީ ގާނޫނަކަށް އައި ބަދަލާއި ގުޅިގެން އަޅުގަނޑުމެންގެ ތެރެއިން 30000 މީހުން މަދުވި. އެމީހުންނަށް ވޯޓް ނުލެވި އެބަތިބި، އެމީހުންނަކީ އެމްޑީޕީގެ ވޯޓާސް. އަޅުގަނޑު ގަބޫލުކުރާގޮތުގައި އެމްޑީޕީއަށް މިހާރު އިންގޮތަށް އިންދާ ވެސް 100000 ވޯޓް ލިބޭ ވަރަށް އެމްޑީޕީގެ ތާއިދު އެބައޮތް، ދެން އޮތީ އަޅުގަނޑުމެން ކުރާ ކެމްޕޭނާއި ކޯލިޝަން ބައިވެރިންގެ ފަރާތުން ލިބޭނެ ވޯޓް، އަޅުގަނޑުމެންގެ ހިސާބުތައް ދައްކާގޮތުން ވެއްޖެއްޔާ 135000 ވޯޓް އެއް ފަހަރުން ނެގުމަކީ އެއީ އެއްގޮތަކަށް ވެސް ބޮޑުކަމެއް ނޫން. މި ދެންނެވި ދަތުރުތަކުގެ ތަޖުރިބާ އާއި ސިޔާސީ ގޮތުން ފެނުނު ފެނުމަށް ބަލާއިރު." ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވަޑަައިގަންނަވާ ރީކޯ މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން މޫސަ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކަށް އެރުމުންވެސް މިއަދު ފެނިގެންދަނީ ތަރައްޤީގެ ބޮޑެތި މަސައްކަތްތައް ނިމި، އަދި ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާތަން ކަމަށެެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ތަރައްޤީ އެއްވެސް ތަފާތުކުރުމެއްނެތި ރައީސް ސާލިޙު ގެނެސްދީފައިވާކަން ރައްޔިތުން ޤަބޫލުކުރާކަމަށް މޫސަ ވިދާޅުވިއެވެ. އަދި އެއީ ރިޔާސީ އިންތިޚާބާއި ކުރިމަތިލާއިރު އެމަނިކުފާނަށް ލިބިވަޑަައިގަންނަވާ ޕުލަސް ޕޮއިންޓެއް ކަމަށް މޫސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު