ބޯޑުން ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމާނީ އެންމެންގެ މަސްލަހަތަށް ބެލުމަށްފަހު މިނިވަންކަމާ އެކު ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.
ޕީސީބީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުން އެ ބޯޑަށް މަތިކޮށްފައިވާ މަސައްކަތްތައް ކުރަމުން ދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އެ ގޮތުން ބޯޑުން ނިންމާ ކޮންމެ ނިންމުމެއް ނިންމަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާދާރުންނާއި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރެވޭނެކަން ކަށަވަރު ވާނެހެން މިނިވަން ކަމާއި މުސްތަގިއްލު ކަމާއެކު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ކުރިއަށް އޮތްތާގައި ވެސް އަަމަލު ކުރަމުން ގެންދާނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކަމުގެ ޔަގީންކަން އެބޯޑުން ވަނީ ދީފައެވެ.
މީގެ އިތުރުން ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ގަވާއިދާ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް އެބަޔާނުގައިވެއެވެ.
ޕީސީބީން މިފަދަ ބަޔާނެއް ނެރެފައިމިވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން އަމްރު ވަކިކުރުމަށް ރައީސް އޮފީހުން އެންގުމާއި ގުޅިގެން އޭނާ މަގާމުން ވަކިކުރުމުން ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެސްއޯއީތަކުގެ ބޯޑުތަކަށް މީހުން އައްޔަންކޮށް ވަކިކުރުމަށް ރައީސް އޮފީހުން އަންގާ އެންގުންތަކަކީ ޕްރައިވެޓައިޒޭޝަން ގާނޫނާ ހިލާފަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށެވެ. އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުން އަމްރު ވަކިކުރަން ނިންމާފައިވަނީ އެފަދަ ބަދަލެއްގެ ތެރެއިން ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު