ވ. އާރަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ދައްކަން ކުރި އަމުރުގެ އިސްތިއުނާފް ހައިކޯޓުން ފަށަން ތާވަލުކޮށްފިއެވެ.
އާރަށުގެ މައްސަލައިގެ ޖޫރިމަނާ ފައިސާ 6 މަސް ތެރޭގައި ދައްކަން ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އެންގީ މިދިޔަމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މި މައްސަލަ ކޯޓަށް ބަލައިގަތީ އިއްޔެއެވެ.
ހައިކޯޓުން މިހާރު ވަނީ މިމައްސަލައިގެ އަޑުއެހުންތައް އަންނަ ބުދަ ދުވަހު ފެށުމަށް ތާވަލުކޮށްފައެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކޮށްފައިވާ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާގައި ރައީސް ޔާމީން 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އަދި ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާކަަމަށް ކަނޑައަޅުއްވައި، 4 އަހަރުގެ ޖަލު ޙުކުމެއްވެސް ވަނީ އިއްވާފައެވެ.
މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށްދިން މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. އެހެން ނަމަވެސް އެ ހުކުމް ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު