ރަމަޟާން މަހާއި ހައްޖު މަހު ކުށްވެރިން ގެއަށް ބަދަލުކޮށް ހަދަން ގާނޫނެއް ރާއްޖޭގައި ނޯންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.
އީސަ މިހެން ވިދާޅުވީ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން ރައީސަކު މި ބަރަކާތްތެރި ރަމަޟާން މަހު އަނިޔާވެރިކަމާ އެކީގައި ޖަލުގައި އޮތް އޮތުން ހިތާމައާ އެކީގައި ކުށްވެރި ކުރާ ކަމަށް ވިދާޅުވެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ދެއްކެވި ވާހަކަތަކާއި ގުޅިިގެންނެެވެ.
މެމްބަރު ހުސެއިން މުޙައްމަދު ލަތީފް މިއަދު ވިދާޅުވީ ރަމަޟާން މަހު ޔާމިން ޖަލުގައި އޮންނެވުމުން މި ސަރުކާރަކީ އިންސާނިއްޔަތު ކަމެއް އިހުސާންތެރިކަމެއް ނެތް ސަރުކާރެއް ކަން ސާފުވެފަަައިވާ ކަމަށެވެ.
އޭނާގެ ވާހަކަތަކަށް ރައްދު ދެއްވައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސަ ވިދާޅުވީ ހުކުމަކާ ނުލައި ކުށެއްގެ ތުހުމަތެއް ނެތި މަގުމަތިން ހިފައި ހައްޔަރުކޮށްގެން ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރެއިން ތިން އަހަރުގެ ރޯދަ މަހު އޭނާ ހޭދަ ކުރެއްވީ ޖަލުގައި ކަމަށެވެ. އަދި އޭނާ ޖަލުގައި އޮތް އިރު، ދައުވާއެއް ވެސް ނުކޮށް ތަހުގީގެއް ވެސް ނުހިންގާ ކަމަށް އީސަ ވިދާޅުވިއެވެ.
"ހުކުމްކޮށްފައި ވައްކަންކޮށްގެން، ދައުލަތުގެ މުދަލުން ވައްކަންކޮށްގެން ކޯޓަށް ސާބިތުވެގެން ޖަލަށްލާފައި އެ އޮތީ. އޭނާއަށް ރަމަޟާން މަހެއް، ހައްޖު މަހެއް، އީދު މަހެއް އެތާ އޮންނައިރު ނާންނާނެ." އީސަ ވިދާޅުވިއެވެ.
މީގެ އިތުރުން އީސަ ވިދާޅުވީ ކިތަންމެ ދެރަވިޔަސް، އަސަރު ކުރިޔަސް، ޔާމީނަކީ ކޯޓަކުން ކުށް ސާބިތުވެފައި ހުރި ކުށްވެރިއެއް ކަމަށެވެ. ރަމަޟާން މަހާއި ހައްޖު މަހު ކުށްވެރިން ގެއަށް ބަދަލުކޮށް ހަދަން ގާނޫނަކު ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާއި ގުޅިގެން ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކުރުމާއި ގުޅިގެން އެމަނިކުފާނު މިވަގުތު ގެންދަވަނީ މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒު ކުރަށްވަމުންނެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން މިހާރު ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު