ކާރިޘާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމާ ގުޅޭގޮތުން އ.ދ. އިން އެކުލަވާލާފައިވާ "އާރލީ ވޯނިން ފޯރ އޯލް" އެކްޝަން ޕްލޭނުގެ ދަށުން އެހީ ފޯރުކޮށްދޭ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.
މި އެކްޝަން ޕްލޭނަކީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލަންސީ އެންޓޯނިއޯ ގުޓަރޭޒްގެ އިސްނެންގެވުމުގެ ދަށުން 2027ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ ކޮންމެ މީހަކީވެސް ކާރިޘާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމުތަކުން ރައްކާތެރިކަން ކަށަވަރުވެފައިވާ ބަޔަކަށް ހެދުމަށްޓަކައި އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ.
މި އެކްޝަން ޕްލޭން އިފްތިތާޙުކޮށްފައިވަނީ ފާއިތުވި އަހަރު ބޭއްވި އ.ދ.ގެ "ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް" (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ 27 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް27)ގައެވެ. މި އެކްޝަން ޕްލޭން ތަންފީޒުކުރެވެމުންދާ މިންވަރު ބެލުން ޙަވާލުކޮށްފައިވަނީ ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާ، ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން (ޑަބްލިއު.އެމް.އޯ) އާއި ކާރިޡާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭ އ.ދ.ގެ އޮފީސް، ޔުނައިޓެޑް ނޭޝަނަސް އޮފީސް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަން (ޔޫ.އެން.ޑީ.އާރް.އާރް) އަށެވެ.
އ.ދ. އިން އެކުލަވާލާފައިވާ މި އެކްޝަން ޕްލޭނުގެ ދަށުން ކާރިޡާތަކުން ރައްކާތެރިވުމަށް ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ބައިނަލްއަޤުވާމީ އެކި ބައިވެރިން މެދުވެރިކޮށް އެހީ ފޯރުކޮށްދިނުން ހިމެނެއެވެ. މިމަސައްކަތުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ކާރިޘާތަކުން ރައްކާތެރިވުމުގައި ޤައުމުތަކުގެ މެދުގައި ހުރި ފަރަޤުތައް ދެނެގަތުމާއި ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ކާރިޘާތަކާ ގުޅޭގޮތުން ބޭނުންކުރާނެ ވަޞީލަތްތައް ހުރި ނެތް މިންވަރު ދެނެގަތުމާއި ކޮންމެ ޤައުމެއްގެ ވެސް ޚާއްޞާ ޙާލަތްތަކަށް ރިއާޔަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެކްޝަން ޕްލޭނުގެ ދަށުން އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތައް ހިމެނޭހެން، ކާރިޘާތަކުން ބޮޑެތި ގެއްލުން ލިބުމުގެ ފުރުޞަތު އެންމެ ބޮޑު 30 ޤައުމަށެވެ.
އ.ދ. އިން މިފަދަ އެކްޝަން ޕްލޭނެއް އެކުލަވާލާފައި މިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާރިޘާތައް ކުރިމަތިވާ މިންވަރާއި ލިބޭ ގެއްލުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، ފާއިތުވި ފަންސާސް އަހަރު ތެރޭގައި ރިކޯޑު ކުރެވިފައިވާ ކާރިޘާތަކުގެ ނިސްބަތް ފަސް ގުނަ އިތުރުވެފައިވާކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ފާހަގަކުރައްވައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިޘާތައް މަދުކުރުމަށް އެދެވޭ ގޮތެއްގައި ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، 2030ވަނަ އަހަރު އަންނަންވާއިރަށް އަހަރެއްގެ މައްޗަށް 560 ކާރިޘާ، ނުވަތަ ދުވާލެއްގެ މައްޗަށް 1.5 ކާރިޘާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވުމުގެ ފުރުޞަތު އެބަ އޮތް ކަމަށް އެޖަމިއްޔާއިން ފާހަގަކުރައްވައެވެ.
ކާރިޘާއެއް ހިނގުމުގެ 24 ގަޑިއިރު ކުރިން އެކަމުގެ އިންޒާރު ލިބިއްޖެ ނަމަ، އެކާރިޘާއަކުން ލިބޭ ގެއްލުން 30 އިންސައްތަ ކުޑަކުރެވޭ ކަމަށް ވެސް ޑަބްލިއު.އެމް.އޯ އިން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު