އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީއެއް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުގައި ޤާއިމްކުރާ ބައިނަލްއަޤުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރުގެ މަސައްކަތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ޓްރާންޝިޕްމަންޓް ބަނދަރުގެ މަސައްކަތް ފެށުމުގެ ކުރިން މިހާރު އަމަލުކުރަމުންދާ ޤަވާއިދުތަކެއް އިސްލާހުކުރަންޖެހޭކަމަށެވެ. އެހެންކަމުން ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސަކުރެވި، ޤަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޟް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީއެއް ތަރައްޤީކުރުމަށްވެސް ސަރުކާރުން ރާވާފައިވާކަމަށެވެ. އަދި ޕޯޓް ސިޓީގެ މަޝްރޫޢު ނިމިގެން އަންނައިރު އިހަވަންދިއްޕޮޅު ސަރަޙައްދުން ދަތުރުކުރާ އާގުބޯޓުތަކަށް ޚިދުމަތްދޭން ފަށާނީ ޕޯޓްސިޓީ މަޝްރޫޢުގެ ތެރެއިންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޕޯޓް ސިޓީ މަޝްރޫޢުގެ ތެރެއިން ކްރޫ ޗޭންޖުގެ ޚިދުމަތާއި، ބަންކަރިން ޚިދުމަތްތައް ދެވޭނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ޕޯޓްސިޓީގެ މަޝްރޫޢުގެ ބިންހިއްކުން އަވަސްކޮށް، އެތަނުން ޚިދުމަތްދޭން އަވަހަށް ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.
އިހަވަންދިއްޕޮޅުގައި އެންމެ އަވަހަށް ފަށާ ޚިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖުގެ ޚިދުމަތާއި، ބަންކަރިން ޚިދުމަތް ހިމެނޭކަމަށާއި އެސް.ޓީ.އޯއިން ބަންކަރިން ޚިދުމަތް ފެށުމަށް ބައިނަލްއަޤްވާމީ ތެޔޮ ކުންފުނިތަކާއި މަޝްވަރާކޮށް، އެ ޚިދުމަތް ފެށުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދަމުންދާކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅުގައި ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ބަޔަކު ހޯދުމުގެ މަސައްކަތް ކުރިއަށް ދާއިރު މި މަޝްރޫޢުއަށް 466 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް އަންދާޒާ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު