އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު އައްޔަން ކޮށްފިއެވެ.

އެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު އައްޔަން ކޮށްފައިވަނީ އިއްޔެއެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކީ، ސިފައިންގެއާ ބެހޭ މަޢުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ފަރާތެވެ. ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މަޢުލޫމާތު ދިނުމަކީ މަނާކަމެކެވެ. އަދި މިފަދަ މަޢުލޫމާތު، ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަތަ އެކަމަށް އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒްއިން ހުއްދަ ދީފައިވާ ފަރާތަކަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު ހަމަޖައްސަވާފައިވަނީ، ކުރިން އެމަޤާމުގައި ހުންނެވި ކެޕްޓަން ޙަނާ މުޙައްމަދު ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެންކަމަށް އެމްއެންޑީއެފުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު