"ފިކުރެއްގެ ދިރުން" ނަމުގައި ވަކި ޕާލިމެންޓްރީ ގުރޫޕެއް ހަދައިގެން އުޅޭ މެމްބަރުންނަށް ފިޔަވަޅު އަޅަން އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގައި އެދިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއިދުކުރަށްވާ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ ވަކި ޕާލިމެންޓްރީ ގުރޫޕެއް ހަދައިގެން ވަކިން ބައްދަލުވުންތައް ބާއްވައި ނިއްމުންތައް ނިންމަމުންނެެވެ. އެމައްސަލައިގައި "ރަސްއޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ޕާލިމެންޓްރީ ގުރޫޕެއްގެ ހައިސިއްޔަތު ލިބެނީ ސިޔާސީ ޕާޓީއެއްގެ ތެރެއިން ކަމަށާއި މަޖިލީހުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ ވަކި ޕާލިމެންޓްރީ ގުރޫޕެއް ނުހިންގޭނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ ފިކުރެއްގެ ދިރުމުގައި ޕީޖީ ގުރޫޕެއް ހަދައިގެން އުޅުއްވާ މެމްބަރުންނަކީ ގާނޫނަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތަވާ ބޭފުޅުން ނޫން ކަމަށާއި އެ މެމްބަރުންނަކީ ގާނޫނަށް ވުރެ މަތިން "އޮޕަރޭޓް" ކުރާ ބައެއް ކަމަށެވެ.
އަދި މަޖިލީހުގައި ޕާލިމެންޓްރީ ގުރޫޕަކީ ކޮބަައިކަމާ ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕެއް ހެދޭނެ ގޮތް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވަކި ޕާލިމެންޓްރީ ގުރޫޕެއް ހަަދަން ބޭނުންވާނަމަ އެކަން ކުރެވޭނީ ޕާޓީން ވަކިވެ އަމިއްލަ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން ކަމަށެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރެއްގެ ހައިސިއްޔަތުން އޭނާއަށް ފިޔަވަޅު އެޅޭނީ ޕާޓީން ނެރޭ ވިޕްލައިނަކާއި ޚިލާފުވެގެން ފަދަ ކަންކަމާއި ގުޅިގެން ކަމަށެވެ.
އެގޮތުން ވިޕްލައިނާއި ޚިލާފުވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް ބަރާބަރަށް އަޅަމުންގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބާރު އޮންނަނީ އޭނާއަށް ނޫން ކަމަށާއި އެބާރު އޮންނަނީ އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ގަވާއިދާ ހިލާފުވާ މެމްބަރުންނާއި މެދު ޕާޓީން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އެދިވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ވަކާލާތު ކުރަށްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"އަޅުގަނޑު އަޅަންޖެހޭ ފިޔަވަޅެއް ނަމަ މިހާރު އޮންނާނީ އެ މެމްބަރުންނާއި (ފިކުރެއްގެ ދިރުން ޕީޖީ ގުރޫޕާއި) މެދު އަޅާފައި. ޕާޓީގެ ތެރެއިން ފިޔަވަޅު އަޅާނީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން. އެހެންވީމަ ޕާޓީގެ ޗެއާޕާސަނާއި ފިޔަވަޅު އަޅާ ކޮމެޓީއަށް މައްސަލަ ހުށައެޅިގެން ފިޔަވަޅު އަޅާ ކޮމެޓީން އެކަން ކުރާނީ، ޕާޓީން އަޅަންޖެހޭ ފިޔަވަޅެއް ޕާޓީން އަޅަންޖެހޭނީ. އަޅުގަނޑު ކުރިއަށް އޮތްތާގައި ވަކާލާތު ކުރާނަން ޕާޓީން އެ ފިޔަވަޅުތައް އެޅުމަށް." އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު