ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން ހުސައިން އަމްރު ކޮށްދެއްވި މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރަށްވައިފިއެެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ އެންގެވުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ ވަނީ އަމްރު އެސްޓީއޯގައި އަދާ ކުރައްވަމުން ގެންދެވި މަގާމުތަކުން ވަކިކޮށްފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވީ، މިދިޔަ ހަތަރު އަހަރަކީ އެސްޓީއޯ ރަނގަޅު ނަތީޖާތަކެއް ނެރެނު އަހަރުތަކެއް ކަމަށެވެ. އެކަން ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާއި އަޅާ ކިޔާލުމުން ސާފުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ކުންފުނީގެ ފައިދާ ބޮޑު އެހެނަސް ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓި. ކޮވިޑްގެ ހާލަތުގައި ވެސް ރަށްރަށް ކާޑަށް ނުޖެހި ހިފެހެއްޓި. އަމްރަށް މަރުހަބާ އާއި ޝުކުރު." ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވިއެވެ.
އަމްރު ހުންނެވި މަގާމުތަކުން ވަކިކޮށް، އެސްޓީއޯގެ ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމާއި މިހާރު ވަނީ ހަވާލު ކޮށްފައެވެ.
ހުސައިން އަމްރަކީ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯއާއި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިޙާއި ދެކޮޅަށް މަސައްކަތް ކުރެއްވި އަމްރު މަގާމުން ވަކިކުރެއްވީ އިންތިހާބުން ނަޝީދަށް ނާކާމިޔާބު ލިބިވަޑައިގަތުމުން ޕާޓީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފިކުރެއް އުފައްދަވައި ސަރުކާރާއި އަދި ރައީސް ޞާލިހާއި ދެކޮޅަށް ހިންގަވާ ހަރަކާތްތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ. އެގޮތުން އަމްރު ދާދިފަހުން ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ޖުމުހޫރީ ޕާޓީއާއި ބައްދަލުކުރަށްވައި ފިކުރެއްގެ ދިރުމާއި ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލުމަށް މަޝްވަރާ ކުރަށްވާފައެވެ.

Midhiya 4 aharakee STO ragalhu natheeja nerunu aharuthakeh. Sarukaaru hissaava ehen kunfunithakai alhakiyalumun saafuvane.Kunfuneege faidha bodu ehenas thaketheege agu ufuluna nudhee hifehetti. Covid ge haalathugaves rahrah kaadah nujehi hifehetti @HusenAmr ah marhaba aai shukur
— Mohamed Nasheed (@MohamedNasheed) March 26, 2023
"ކުންފުނީގެ ފައިދާ ބޮޑު އެހެނަސް ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓި. ކޮވިޑްގެ ހާލަތުގައި ވެސް ރަށްރަށް ކާޑަށް ނުޖެހި ހިފެހެއްޓި. އަމްރަށް މަރުހަބާ އާއި ޝުކުރު." ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވިއެވެ.
އަމްރު ހުންނެވި މަގާމުތަކުން ވަކިކޮށް، އެސްޓީއޯގެ ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމާއި މިހާރު ވަނީ ހަވާލު ކޮށްފައެވެ.
ހުސައިން އަމްރަކީ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯއާއި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިޙާއި ދެކޮޅަށް މަސައްކަތް ކުރެއްވި އަމްރު މަގާމުން ވަކިކުރެއްވީ އިންތިހާބުން ނަޝީދަށް ނާކާމިޔާބު ލިބިވަޑައިގަތުމުން ޕާޓީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފިކުރެއް އުފައްދަވައި ސަރުކާރާއި އަދި ރައީސް ޞާލިހާއި ދެކޮޅަށް ހިންގަވާ ހަރަކާތްތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ. އެގޮތުން އަމްރު ދާދިފަހުން ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ޖުމުހޫރީ ޕާޓީއާއި ބައްދަލުކުރަށްވައި ފިކުރެއްގެ ދިރުމާއި ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލުމަށް މަޝްވަރާ ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު