އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރަށް ސަރުކާރުގެ ސިޔާސަތު ރައްޔިތުންނަށް ނުވިއްކޭނެ ކަމަށާއި އޭނާ މަގާމުން ވަކިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މަގާމުން ވަކިކުރަން ނިއްމައި ރައީސް އޮފީހުން މިއަދު ވަނީ ޕީސީބީއަށް އެމައްސަ ފޮނުވާފައެވެ. އަމުރު މަގާމުން ވަކިކުރަން ރައީސް ނިންމަވާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެން ރައީސް މުހައްމަދު ނަޝީދު ހިންގަވާ ފިކުރެއްގެ ދިރުމާ ގުޅިގެން މަސައްކަތް ކުރައްވާތީ އޭނާ މަގާމުން ވަކިކުރުމަށް ގިނަ ބަޔަކު ގޮވާލަމުންދަނިކޮށެވެ.
ރައީސްގެ ނިންމެވުމާއި ގުޅިގެން ރަސްއޮންލައިން އަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވީ، އަމްރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެ ކުންފުނީގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވީ މި ސަރުކާރާއި ރައީސުލްޖުމުހޫރިއްޔާގެ ސިޔާސަތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. ޝިފާއު ވިދާޅުވީ ރައީސްގެ ސިޔާސަތާއި އެމަނިކުފާނު ވެރިކަން ކުރައްވާ ގޮތާއި މި ސަރުކާރު ކަމު ނުގޮސްގެން އެހެން ގޮތެއް ހޯއްދަވަން އަމްރު ނުކުމެވަޑަައިގަންނަވާ ހިސާބުން ނަމެއްގައި މަގާމުގައި ހުންނެވި ނަމަވެސް އަމްރަށް ސަރުކާރުގެ ސިޔާސަތު ރައްޔިތުންނަށް ފޯރުކޮށްދެވިދާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށެވެ. އެފަދަ ހާލަތުގައި އެންމެ ރީތި ގޮތަކީ އަމިއްލަފުޅަށް މަގާމުން އަމްރު އިސްތިއުފާ ދެއްވުން ކަމަށް ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ ރައީސްގެ ސިޔާސަތު ގަބޫލު ނުކުރާ ބޭފުޅަކު އެމަނިކުފާނުގެ ސިޔާސަތު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދޭން ހަވާލުކުރިއަސް ރައްޔިތުންނަށް ރައީސް ފޯރުކޮށްދޭން ބޭނުންވާ ސިޔާސަތު ފޯރުކޮށްނުދެވޭނެ ކަމަށާއި އެހާލަތުގައި ގެއްލުންވާނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އެހެންކަމުން އަމްރު މަގާމުން ވަކިކުރުމަކީ އެސްޓީއޯ އިން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށް މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ރައީސް މިވަގުތު ނިންމަވަންޖެހޭ ނިންމެވުމެއް ކަމަށް ޝިފާއު ވިދާޅުވިއެވެ.
"ރަައީސުލްޖުމޫހިއްޔާ އަމްރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ ކަމުގެ މަގާމުން ވަކިކުރި ކުރުން އަޅުގަނޑު ދަންނަވާނީ އެއީ އެސްޓީއޯ މެދުވެރިކޮށް ރައީސް ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތައް، ކަންކަން އެންމެ އެފިޝެންޓް ގޮތެއްގައި ފޯރުކޮށްދިނުމަށް މިވަގުތަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ." އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންގެ ތެރެއިން ރައީސް ސާލިޙުގެ ފެކްޝަންގައި ހުންނެވި ޝިފާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝިފާއު ވިދާޅުވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވި އަމްެރު ގޯސް ނޫން ކަމަށާއި އޭނާ ޕާފޯމެންސް ދެރަ ނޫން ކަމަށެވެ. އެހެން ނަމަވެސް އަމްރު މަގާމުގައި ހުންނެވީ ސަރުކާރު ސިޔާސަތު ފޯރުކޮށްދިނުމަށް ކަމަށާއި އެކަން ހާސިލް ނުކޮށްދެވޭނަމަ މުސާރަ ދީފައި މަގާމުގައި ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް ޝިފާއު ވިދާޅުވިއެވެ.
"ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އަމްރު މިހާރު މަސައްކަތް ކުރަށްވަނީ މި ސަރުކާރާއި ދެކޮޅަށް. މާނައަކީ ކުރިއަށް މި އޮތް ދައުރަށް ސަރުކާރު ދެމެހެއްޓުމުގެ ވިސްނުމެއް އަމްރުގެ ނެތި ނޫނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ހުންނެވިއިރު އަދި ޕްރައިމަރީ އާއި ހިސާބުން އަޅުގަނޑުމެންނަށް މި ފެންނަނީ ރައީސްގެ ސިޔާސަތު ކަމު ނުގޮސްގެން އެހެން ގޮތެއް ހޯދަން މަސައްކަތް ކުރާތަން.، ރައީސްގެ ސިޔާސަތު ކަމު ނުގޮސްގެން އެހެން ގޮތެއް ހޯދަން މަސައްކަތް ކުރާ ބޭފުޅަކަށް ރައީސްގެ ސިޔާސަތު ރައްޔިތުންނާއި ހަމަޔަށް ޑެލިވަރ ނުކޮށްދެވޭނެ. ދެ މޫނު ދައްކައިގެން އަޅުގަނޑަކަށް ހިއެއް ނުވޭ މަސައްކަތް ކުރެވިދާނެ ކަމަކަށް." ޝިފާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު