މާޅޮސް ބަނދަރު ތަރައްޤީކުރުމުގެ ބޮޑުބައެއް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 71 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ 4 ވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެެވެ. އަދި، ހާބަރ ޕޭވްމެންޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ 90 އިންސައްތް ފުރިހަމަކުރެވިފައިކަމަށްވެސް އެމްޓީސީސީން ބުނެއެވެ.



އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރު ކޮނުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި، 100 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށެެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުއަކީ 61.3 މިލިއަން ރުފިޔާގެ މަޝްރޫޢުއެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު