އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުން ހުސައިން އަމްރު ވަކިކުރަން ނިންމައިފިއެެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށެވެ. އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުން އަމްރު ވަކިކުރަން ނިންމާފައިވަނީ އެފަދަ ބަދަލެއްގެ ތެރެއިން ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަމްރު ވަކިކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސް އޮފީހުން މިހާރު ވަނީ ފޮނުވާފައެެވެ. އެހެންކަމުން ވަރަށް އަވަހަށް އަމްރު މަޤާމުން ވަކިކުރާނެކަމަށް ބެލެވެއެވެ.
ސަރުކާރު ކުންފުންޏެއްކަމަށްވާ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އަމްުރު ވަކިކޮށްފައި މިވަނީ ސަރުކާރު ދެކޮޅަށް އަމްރު މަސައްކަތްކުރާތާ ދުވަސްކޮޅެއްވެފައި ވަނިކޮށެވެ. އެގޮތުން އޭނާ ދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ދެކޮޅަށް ވަރަށް ފާޅުގައި މަސައްކަތްކުރައްވަމުންނެވެ.
އަމްރަކީ ރައީސް ނަޝީދު ހިންގަވާ ފިކުރެއްގެ ދިރުމުގެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު