މަރިޔަމް ލަމްޙާ ރަޝީދު   26 މާރިޗު 2023 - 14:34
އޯރިއޯ މިލްކް ޝޭކް
އޯރިއޯ މިލްކް ޝޭކް
އޯރިއޯ މިލްކް ޝޭކްއަކީ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ، އާއިލާގެ ހުރިހާ މެންބަރުންނަށްވެސް ކަމުދާނެ މީރު ބުއިމެކެވެ. ވަކިން ޚާއްސަކޮށް ކުޑަކުދިންނަށް މިބުއިން ވަރަށް ކަމުދާނެއެވެ. މިއީ ރެސްޓޯރެންޓް ސްޓައިލްއަށް ގޭގައިވެސް ތައްޔާރުކޮށްލެވޭނެ، ރޯދަ ވީއްލުމަށް އެއްވަނައިގެ ބުއިމެކެވެ.



މިފަހަރު މިގެނެސްދެނީ 2 މީހަކަށް ވާވަރަށް އޯރިއޯ މިލްކްޝޭކް ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާ ތަކެތި:

އޯރިއޯ ބިސްކޯދު- ކުޑަ ޕެކެޓެއް

300 އެމްއެލް ފުލް ކްރީމް ކިރު

ވެނީލާ އައިސްކްރީމް/ ޗޮކޮލެޓް އައިސްކްރީމް 2 ސްކޫޕް (ބޭނުންނަމަ ޗޮކޮލެޓް ސިރަޕްވެސް އެއްކޮށްލެވޭނެ)

1 ސައިސަމްސާ ވެނީލާ އެސެންސް

1 މޭޒުމަތީ ސަމްސާ ޝުގަރ ސިރަޕް (ނުވަތަ އާދައިގެ ހަކުރު ބޭނުން ކުރިއަޔަސް ރަނގަޅު ވާނެއެވެ.)

އައިސް ކިއުބް

ތައްޔާރު ކުރާނެގޮތް:

އޯރިއޯ ބިސްކޯދުކޮޅާއި ކިރާއި ވެނީލާ އެސެންސް އަދި ޝުގަރ ސިރަޕް ބްލެންޑަރ އަށް އަޅައި 3-2 މިނެޓު ވަންދެން ޖައްސާލާށެވެ. ދެން ފިނިކޮށްލުމަށް އައިސް އަލަމާރިއަށް ލާށެވެ. އަދި ރޯދަ ވީއްލާ ގަޑީގައި އައިސްއަލަމާރިން ނެގުމަށްފަހު ބިއްލޫރި ތަށްޓަށް އައިސް ކިއުބްއާއި އައިސް ކްރީމް އަޅާށެވެ. އަދި ގިރާފައިވާ މިލްކް ޝޭކް އެތަށްޓައް އަޅާށެވެ.

ބޭނުންނަމަ އޭގެ މަށްޗަށް ވިވް ކްރީމްއާއި ޗޮކޮލެޓް ސިރަޕް އެޅިދާނެއެވެ. އޭރުން ރެސްޓޯރެންޓް ސްޓައިލްގެ ތާޒާ މީރު އޯރިއޯ މިލްކް ޝޭކްއެއް ތައްޔާރުވީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން