ޞާދިރު ޢަލީދީދީ   24 މާރިޗު 2023 - 10:16
މަރުވުމަށްފަހު އަންނާންއޮތް ސުވަރުގޭގެ ދުނިޔެއަކީ އުފަލާއި މީރުކަމުގެ ދުނިޔެއެކެވެ.
މަރުވުމަށްފަހު އަންނާންއޮތް ސުވަރުގޭގެ ދުނިޔެއަކީ އުފަލާއި މީރުކަމުގެ ދުނިޔެއެކެވެ.
ސުވަރުގެއަކީ މިސާލެެއްނުވާފަދަ ފުރިހަމަ ތަނެކެވެ. އެއީ ޚާއްޞަ އިހްތިމާމެއްގެ މަތީން މާތް ﷲ ހައްދަވައި ފުރިހަމަ ކުރައްވާފައިވާ ދުނިޔެއެކެވެ. އަޅުގަނޑުމެން މިދިރިއުޅޭ ދުނިޔެއަކީ މަސައްކަތާއި، މޮޅިއާއި، ހިތާމަތަކުގެ ދުނިޔެއެކެވެ. ނަމަވެސް މަރުވުމަށްފަހު އަންނާންއޮތް ސުވަރުގޭގެ ދުނިޔެއަކީ އުފަލާއި މީރުކަމުގެ ދުނިޔެއެކެވެ. މިދުނިޔެއަކީ އަންނާންއޮތް އަބަދަށް ދެމިތިބުމުގެ ދުނިޔޭގައި ސުވަރުގޭގައި ވަޒަންވެރި ކުރެވޭނެ މީހުން ހޮއްވެވުމުގެ ދުނިޔެއެކެވެ.

އަންނާއޮތް ދުނިޔޭގައި ދުވަހަކު ފިލައިދިއުމެއްނެތް ޢިއްޒަތާއި އުފާވެރިކަމުގެ ނިޢުމަތުގެ ބާއްޖަވެރިކަން ލިބޭނީ، އިސްލާމްދީން ގޮވައިލާ ހެޔޮ ޚުލުޤުތަކުން އަޚްލާޤު ލިބިގެންވާ މީހުންނަށެވެ. މިދެންނެވި ހަރުދަނާ އަޚްލާޤަކީ އިންސާނާގެ ވަށައިގެން އޭގެ ނަމޫނާ ފެންނާންހުރި އެއްޗެކެވެ.

އެބައިމީހުންނަކީ އެބައެއްގެ ހިތާއި ސިކުނޑިތަކަށް ފަރުބަދަތަކުގެ އުސްތަކާއި ކަނޑުތަކުގެ ތަނަވަސްކަން ލިބިގެންވާ މީހުންނެވެ. އެބައިމީހުންނަކީ ވައެކޭ އެއްފަދައިން އެއްވެސް މިހަކާ މުޑުއެރުމެއްނެތި ތަންއޮތްތަނުން ދަތުރުކުރާ މީހުންނެވެ. އެބައިމީހުންނަކީ ތަރިތައް ފަދައިން ހަމަހިމޭންކަމާއެކު ދައުރުވާން ދަންނަ މީހުންނެވެ. އެބައިމީހުންނަކީ އިރެކޭ އެއްފަދައިން ގާތްތިމާގެ މީހުންނާއި ދުރުހިލޭމީހުން ތަފާތުކުރުމެއްނެތި އަލިކޮށްދޭ މީހުންނެވެ. އެބައިމީހުންނަކީ މާމެލާމެއްޔެކޭ އެއްފަދައިން، ޝުހުރަތާއި ޢިއްޒަތަށް ފަރުވާބެހެއްޓުމެއްނެތި ފޮޅޭންދަންނަ މީހުންނެވެ. އެބައިމީހުންނަކީ ކޯރުތަކެއްފަދައިން ޙަސަދައާއި ނަފްރަތުން ހުސްވެގެން ބިންމަތީގައި ހިނގާންދަންނަ މީހުންނެވެ. އެބައިމީހުންނަކީ ގަސްގަހާގެހި ފަދައިން މުޅިކާއިނާތަކީ ތިމާމެންނަލިބޭ ރޫޙާނީ ޣިޒާގެ ސުފުރާއަކަށް ހަދާފައިވާ މީހުންނެވެ. އެބައިމީހުންނަކީ ބިންމައްޗަށް ފެތުރިފައިވާ ހިޔާގަނޑުފަދައިން ކިބުރުވެރިކަމާއި ބޮޑާކަމުން އެއްކިބާވެ ތިމާމެންގެ އަމިއްލަ ނަފްސު މާތް ﷲ ގެ މަގުގައި ވަޤްފުކޮށްފައިވާ މީހުންނެވެ.

މިއަދު ތިމާމެންނަކީ މިދެންނެވި ސިފަތަކުން ސިފަލިބިގެންވާ ބައެއްކަމުގައި ވެގެންފި މީހުންނަކީ އަންނާންއޮތް ސުވަރުގެ ވަންތަ ދުނިޔޭގެ ވެރީންކަމުގައިވާނެ މީހުންނެވެ.

********

* މިލިޔުމަކީ އަލްޢުސްތާޛް އަބްދު ﷲ ފާރޫޤު ހަސަން ލިޔުއްވާފައިވާ "ސީދާވެގެންވާ ތެދުމަގު" ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން