މަރިޔަމް ލަމްޙާ ރަޝީދު   20 މާރިޗު 2023 - 12:48
ކުރަފި: ކުރަފި އެންމެ ބޮޑަށް އާލާވަނީ ތެތްކަން ހުންނަ ބަދިގެފަދަ ތަންތަނުގައި
ކުރަފި: ކުރަފި އެންމެ ބޮޑަށް އާލާވަނީ ތެތްކަން ހުންނަ ބަދިގެފަދަ ތަންތަނުގައި
ކުރަތްޕަކީ ތަންތަން ހަޑިކުރާ އަދި އެލާޖިކު ހުންނަ މީހުންނަށް އުނދަގޫކުރުވާ ސޫއްޕެކެވެ. މިއީ ތެތްކަން ހުންނަ ތަންތަނާއި ކާއެއްޗެހި ގެނގުޅޭ ތަންތަނުގައި އާލާވާ ސޫއްޕެކެވެ. އެގޮތުން ބަދިގެއަކީ މިސޮރުމެން އާލާވާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ ބަދިގެއެވެ.

މިފެށޭ ބަރަކާތްތެރި މަހަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން ދިވެހިންނަކީ އަދަކާދައިގެމަތީން ބަރަކާތްތެރި ރަމަޟާން މަހަށް ގޭއާއި ބަދިގެ އަދި މުޅިގޯތި ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަންދީ މުޅިގެއާއި ގޯތި ސާފުކުރާ ބައެކެވެ. މިހާރު މިއޮތީ އެދުވަސް ބޯމަތިވެފައެވެ. އެހެންކަމުން ކުރަފިފަދަ ސޫފިތައް ނައްތާލުމަށް އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަމެއް ދޭނެއެވެ.

ބަދިގެއިން ކުރަފި ނައްތާލުމަށް ތަފާތު އެކިކަހަލަ ސްޕްރޭތައް ބާޒާރުގައި ލިބެން ހުރެއެވެ. ކުރަފީގެ އުނދަގޫ މާބޮޑަށް ދިމާވާނަމަ މިފަދަ ކެމިކަލެއް ބޭނުންކޮށް ކުރައްޕާއި އޭގެ ބިސް ނައްތާލެވޭނެއެވެ.

ބަދިގެއިން ކުރަފި ފެންނަނަމަ ކުރެވިދާނެ ކަންތައްތައް:

- ކުރަފި އާލާވާ ތަން ދެނެގަތުން:

މިސޫއްޕަކީ އަނދިރި ތަންތަނުގައި ދިރިއުޅޭ އެއްޗެކެވެ. އަދި ކާނާ ހޯދުމަށް މެނުވީ އެސޮރުމެން ތިބޭ ތަނަކުން ނުނިކުންނާނެއެވެ. އެހެންކަމުން އެސޮރުމެން ޖަގަހަ ހަދައިގެން އުޅޭ ތަނެއް ހޯދުމަކީ އުނދަގޫކަމަކަށް ވެދެއެވެ. ނަމަވެސް ގެއަށް ކުރަފި ވަންނަން ހުރެދާނެފަދަ ތަންތަން ހޯދިދާނެއެވެ. މިގޮތުން ބާފޮތްތަކެއްގެ ތެރޭގައިވެސް މިސޮރުމެން އާލާވެދާނެއެވެ. ނުވަތަ ޕްލަމްބިންގ ލީކަކުންވެސް ގޭތެރެއަށް މިސޮރުމެން ވަދެދާނެއެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް ކުރަފި އާލާވުމަށް މެދެވެރިވާ މައިގަނޑު ސަބަބަކީ ކޮބައިތޯބަލައި އެކަން ހައްލު ކުރުމަކީ ކުރެވިދާނެކަމެކެވެ. ކުރަފި މެރުމަށް ޚާއްސަ ބޭސް ބޭނުންކުރުން 'ކޮކޮރޮޗް ޖެލް ބެއިޓް' ކިޔާ ބޭހެއް އެސޮރުމެން އާލާވާ ތަންތަނުގައި ހާކާލެވިދާނެއެވެ. މިސާލަކަށް ދޮރު ކަންޏާއި ފެން ލީކުވާ ތަންތަނާއި މުށި ތަޅައިގެންގޮސްފައިވާ ތަންތަނުގައި މިޖެލް އުނގުޅާލާށެވެ. އޭރުން ކުރަފިތައް އެޖެލް ކައި ހެދުމުން މަރުވެދާނެއެވެ. މިގޮތަށް ބޭސް ބޭނުން ކުރުމުގައި ކޮންމެ 6 މަހަކުން ބޭސް ބަދަލު ކުރަންވާނެއެވެ. އެހެން ނޫނީ އެސޮރުމެން އެބޭހަކަށް އާދަވެދާނެއެވެ.

- ބަދިގެ ސާފުތާހިރުކުރުން:

ބަދިގޭގެ ކަބަޑުތަކާއި ސިންކުދަށާއި ދެންވެސް 'މޮއިސްޗަރ' އުފެދޭފަދަ ހުރިހާ ދިމާލެއް ވަރަށް ރަނގަޅަށް ސާފު ކުރަންވާނެއެވެ. އަދި ބަދިގޭގެ ހުރިހާތަނެއް ސާފުކޮށްފައި ބެހެއްޓުމުން ކުރަފިތައް ކެއުމަށް ކާތަކެތީގެ ކުނޑިތައްވެސް ނުހުންނާނެއެވެ. އަދި ވެކިއުމް ކުރުމުން އެސޮރުމެންގެ ބިސްތައްވެސް ބަދިގެއިން ނައްތާލެވޭނެއެވެ.

- ބޭކިން ސޯޑާ ބޭނުންކުރުން:

ސާފުކުރާއިރު ބޭކިންސޯޑާ އެކުލެވޭ ކެމިކަލް މިކްސްޗައެއް ތައްޔާރުކުރުމުންވެސް ކުރަފި އާލާވުމުން ދުރުވާނެއެވެ. ސަބަބަކީ މިއީ ކުރަފިތަކަށް އުނދަގޫކުރުވާ އެއްޗެކެވެ.

- ސޫފި ނައްތާލުމަށް ޚާއްސަ މީހުންނަށް ގުޅުން؛

ބަދިގޭގައި ކުރަފި މާބޮޑަށް ގިނަވެ އުޅެން އުނދަގޫވެއްޖެނަމަ، ސޫފި ނައްތާލުމުގެ މަސައްކަތްކުރާ ބަޔަކާއި ގުޅައިގެން ގެންނާށެވެ. އޭރުން އެސޮރުމެން އާލާވާތަންތަން ފާހަނގަކޮށް އެކަމަށް ހައްލު ގެނެސް އަދި ފަސޭހަކަމާއިއެކު ކުރަފިތަކާއި ހަނގުރާމަކޮށް އެސޮރުމެން ބަލިކުރެވިދާނެއެވެ. ވަކިން ޚާއްސަކޮށް ކުރިއަށް އޮތް ރަމްޝާން މަހަށް ތައްޔާރުވުމަށް މިފަދަ ބައެއްގެ އެހީތެރިކަން ހޯދާލުމަކީ މުހިންމުކަމަކަށް ވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ގޮއްޔެ

20-Mar-2023

މަގޭ ތަޖުރިބާ ކުދި ކުރަފި އުޅޭނަމަ ހަފްތާއަކު އެއްފަހަރު ބޭލީފެއް އަންދާލާ ކުރަފި ނޫޅޭނެ



ޓްރެންޑިން