ކަނޑުއުޅަނދެއް އިންޝުއަރ ކޮށްލަން ވިސްނާނަމަ، އިންޝިއުރަންސާ ބެހޭ ހުރިހާ މައުލޫމާތެއް އެއްތާކުން ހޯދުމަށް މެރިން އެކްސްޕޯގެ އެލައިޑް ސްޓޯލަށް ޒިޔާރަތް ކުރައްވަން ވީއެވެ. މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާއި ހަމައަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މެރިން އެކްސްޕޯ 2023" އިވެންޓަކީ ކަނޑުގެ އުޅަނދުތަކަށް ހާއްސަކޮށްގެން ކުރިއަށްދާ ހަރަކާތެކެވެ.

މިއިވެންޓުގައި ރާއްޖޭގައި އިންޝިއުރަންސް ހިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެލައިޑް އިންޝިއުރަންސްގެ ހާއްސަ ސްޓޯލެއް ގާއިމު ކުރެވިފައިވާއިރު، މިއީ އެކުންފުނިން އުޅަނދު ފަހަރަށް ހާއްސަކޮށްފައިވާ އިންޝިއުރަންސް މައުލޫމާތު ހޯދުމާއި އެހިދުމަތް ހޯދުމަށް ރަނުގެ ފުރުސަތެކެވެ.

އެގޮތުން މެރިން އެކްސްޕޯގެ އެލައިޑް ސްޓޯލުން އެކުންފުނީގެ މެރިން ހަލް އިންޝުއަރެންސް ޕޮލިސީ އާއި ބޯޓް ބިލްޑިންގ އިންޝުއަރެންސްގެ އިތުރުން، ކާގޯ އިންޝުއަރެންސްގެ މައުލޫމާތު ވެސް ލިބިގެންދާނެއެވެ.

އެލައިޑުގެ ހަލް އިންޝުއަރެންސް ޕޮލިސީ އަކީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ލިބޭ އިންޝުއަރެންސެކެވެ. މިޕޮލިސީގެ ދަށުން އުޅަނދާއި، އޭގައި ހުރި އާލާތްތަކާއި، ފަޅުވެރިންނާއި، ފަސިންޖަރުންނަށް ދިމާވާ ގުދުރަތީ ހާދިސާތަކާއި އެކްސިޑެންޓްތަކާއި މުދާ އަރުވައި ބޭލުމުގައި ލިބޭ ގެއްލުންތަކަށް ބަދަލު ލިބިދޭނެއެވެ.

އެކުންފުނީގެ ބޯޓް ބިލްޑިންގ އިންޝުއަރެންސުން ބޯޓް ހަރުގޭގައި ބަންނަމުންް ދާއިރު ބޯޓަށް ދިމާވާ ގެއްލުންތަކަށް ބަދަލު ލިބިގެންދާނެއެވެ. އަދި އެލައިޑުގެ ކާގޯ އިންޝުއަރެންސްގެ އެހީތެރިކަމާއެކު މުދާ އުފުލާ ކަނޑު އުޅަނދު ފަހަރުތަކާއި، ވައިގެ އުޅަނދުތައް އިންޝުއަރ ކޮށްލެވޭނެއެވެ.

މީގެ އިތުރުން މެރިން އެކްސްޕޯގެ އެލައިޑް ސްޓޯލަށް ޒިޔާރަތްކޮށްލައިގެން ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ލަކީޑްރޯއިން 3000 ރުފިޔާގެ އިންޝުއަރެންސް ޑިސްކައުންޓް ވައުޗާއެއް ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން