ރައީސް ސާލިހު ވެގެންދާނީ އެއް ދައުރެއްގެ ތެރޭގައި 6 އެއަރޕޯޓު ތަރައްޤީކޮށް, ހުޅުވައިދެއްވާ ފުރަތަމަ ރައީސަށްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުުޅުދައްކަވަމުން އާޒިމް ވިދާޅުވީ މި ސަރުކާރުން ހޯރަފުށީ އެއަރޕޯޓާއި، މާވަރުލު އެއަރޕޯޓާއި، ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކޮށްފައިވާކަމަށެވެ. އަދި އެމް.ޓީ.ސީ.ސީއިން މިހާރު މަސައްކަތް ނިންމަމުން އަންނަ، މުލީ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް، އެޕްރީލްމަހު ފަށާނެކަމަށް އާޒިމް ވިދާޅުވިއެވެ.
މުލީ އެއަރޕޯޓްގެ އިތުރުން ފ. މަގޫދޫ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތްވެސް، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާނެކަމަށާއި އަދި ރ އަލިފުށީ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތްވެސް، އޮގަސްޓު މަހުގެ ތެރޭގައި ފަށާނެކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެމް.ޓީ.ސީ.ސީން މަސައްކަތްކުރަމުން ދަނީ މި ދައުރުގެ ތެރޭގައި މި 3 އެއަރޕޯޓުވެސް ނިންމައި މި ދައުރުގެ ތެރޭގައި ހުޅުވަންކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިއާއެކު ރައީސް ސާލިހު ވެގެންދާނީ އެއް ދައުރެއްގެ ތެރޭގައި 6 އެއަރޕޯޓު ތަރައްޤީކޮށް, ހުޅުވައިދެއްވާ ފުރަތަމަ ރައީސަށްކަމަށް އާޒިމް ވިދާޅުވިއެވެ.
"މި 3 އެއަރޕޯޓު މި ދައުރުގެ ތެރޭގާ ހުޅުވިގެންދާއިރު، މަނިކުފާނު ވެވަޑައިގަންނަވާނީ، އެއް ދައުރެއްގެ ތެރޭގައި، 6 އެއަރޕޯޓު ތަރައްޤީކޮށް ހުޅުވާ ދެއްވާ، ފުރަތަމަ ރައީސަށް." އެމް.ޓީ.ސީ.ސީގެ ސީއީއޯ އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ކުޅުދުއްފުށީ އެއަރޕޯޓަށް ރޭގަނޑު މަތިންދާބޯޓު ޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ. އެގޮތުން ރަންވޭ ރޭގަނޑަށް ދިއްލޭނީ ރަންވޭގެ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނިންމައިގެން ކަމަށާއި، އެ މަސައްކަތް ވެސް އޭޕްރީލްމަހުގެ ތެރޭގައި ނިންމަން މަސައްކަތްކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު