ސަރުކާރުގެ އުއްމީދަކީ އަހަރު ނިމުމުގެ ކުރިން ދަތުރުފަތުރުން މުޅި ދެކުނު އެއްކޮށް ގުޅާލުންކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ މި ސަރުކާރުން ފަރެސްމާތޮޑާގައި ތަރައްޤީކުރި އެއަރޕޯޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
އަސްލަމް ވިދާޅުވީ މި ސަރުކާރުން ގެންގުޅެނީ މުޅި ރާއްޖެއާ ގުޅޭގޮތުން އޮތް ތަސައްވަރެއް ކަމަށާއި އެ ތަސައްވަރު ވަނީ ލިޔެވިފައިކަމަށެވެ. އަދި މި ސަރުކާރުން ރާއްޖެ ތަރައްގީ ކުރުމަށް ގެންގުޅޭ ހާއްސަ ތަސައްވަރު 5 އަހަރު ތެރޭގައި އެއްކޮށް ފުރިހަމަ ކުރެވޭނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ ވާހަކަފުޅުގައި ރާއްޖެ ތަރައްޤީކުރުމަށް ގެންގުޅޭ ޕްލޭންގައި ދަތުރުފަތުރުގެ ނިޒާމަކީ ވަރަށް މުހިއްމު ބައެއްކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން މިހާރުވެސް އެއަރޕޯޓްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިހާތަނަށް އައިއިރު ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ 80 ޕަސެންޓު ނިންމާފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، ފެށުމަށް ނިންމާފައިވާ މަޝްރޫޢުތަކާއެކު އިތުރު އެއަރޕޯޓެއް ރާއްޖޭގައި ހަދާކަށް ނުޖެހޭނެކަމަށެވެ. ނަމަވެސް އިތުރު އެއަރޕޯޓްތައް ހަދަން ނުޖެހުނަސް، އެންމެ ކުރިން ރާއްޖޭގައި ހަދާފައިވާ އެއަރޕޯޓްތައް މަރާމާތު ނުވަތަ އައު ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން ރާއްޖޭގެ ރަށްތައް ކަނޑުމަގުން ގުޅާލުމަށް އާރް.ޓީ.އެލްގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްގެންދާކަމަށާއި އާރް.ޓީ.އެލްއާއެކު ހެޔޮ އަގުގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ނިޒާމު ފަހިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަސްލަމް ވިދާޅުވީ ގއ. އަދި ގދ. ގައި އަންނަ ޖުލައި މަހު އާރުޓީއެލްގެ ޚިދުމަތް ފެށިގެންދާނެ ކަމަށެވެ. އަދި އުއްމީދަކީ އަހަރު ނިމުމުގެ ކުރިން މުޅި ދެކުނު އެއްކޮށް ގުޅާލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ފުރަތަމަ ލޯންޗް ބަނދެ ނިމި އެއަށް ވަނީ އެޕްރޫވަލް ދީފައި. ދެން އޮތޯ ބާރަށް ބަނުން. އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން މި ސަދަން ރީޖަން އެކީގައި ދަތުރުފަތުރުގެ ޚިދުމަތް ފެށުން. އޭރުން މިއިން ކޮންމެ އެއަރޕޯޓަކަށް ޖައްސާ އެއް ރަށުން އަނެއް ރަށަށް އަގުހެޔޮކޮށް ދެވޭނީ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ވައިގެ ދަތުރުފަތުރަށް އަލިއަޅުއްވާލައްވަމުން އަސްލަމް ވިދާޅުވީ ވައިގެ ނިޒާމަށް ބޭނުންވާ އިންފްރާސްޓްރަކްޗަގެ 80 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރަމުން އަންނަ މަސައްކަތްތައް ނިމުމުން އެ ނިޒާމުގެ އިންފްރާސްޓްރަކްޗަރ އެއްކޮށް ނިމޭނެކަން އަސްލަމް ފާހަގަކުރެއްވިއެވެ.
އަސްލަމްގެ ވާހަކަފުޅުގައި ކުރިއަށް އޮތް ތަނުގައި ދެކުނުގައި އޮތް 6 އެއަރޕޯޓް ގުޅުވާލެވޭނެކަންވެސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު