ފިކުރެއްގެ ދިރުން ހައްދަވައިގެން ނަޝީދު އުޅުއްވަނީ ސިޔާސީ ނިޒާމް ގަޑުބަޑުކުރަންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ގިނަ ދުވަސްވީ ޕާޓީކަމަށެވެ. އަދި އެމްޑީޕީން މަސައްކަތް ކުރަނީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ކަންކަން ކުރަމުން ނަމުނާ ދެއްކުމަށް ކަމުގައި ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އެންމެ ޑިމޮކްރަޓިކް ޕާޓީނަމަވެސް ހިތާމައަކީ ޕާޓީގެ ރައީސް އިންތިހާބަކުން ބަލިވީމަ ނަތީޖާ ގަބޫލުކޮށް، ނިޒާމް ގަޑުބަޑުކުރަން އުޅޭކަން ކަމަށެވެ.

"ފިކުރެއްގެ ދިރުން ހައްދަވައިގެން މި ކުރައްވާ މަސައްކަތަކީ މުޅި ސިޔާސީ ނިޒާމް ގަޑުބަޑުކުރުން. ސިޔާސީ ޕާޓީތައް އުފެދިފައި އޮތް މައިގަނޑު މަގްސަދުތައް ގަޑުބަޑުކުރުން." ރޮޒައިނާ ވިދާޅުވިއެވެ.



ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ހުށަހަޅާ ގަރާރުތަކަށް އެމްޑީޕީގެ މެމްބަރުން ދެކޮޅު ހަދަން މަޖުބޫރުވަނިީ އުސޫލުން ނެއްޓިގެން އުޅޭތީކަމަށެވެ.

ރޮޒައިނާގެ ވާހަކަފުޅުގައި ވަނީ ޕީޕީއެމްގެ މެންބަރުންނާއި ފިކުރެއްގެ ދިރުން މެމްބަރުން ގުޅިގެން ސަރުކާރަށް ޖެއްސުންކުރަމުންދާ ކަމަށް ތުހުމަތު ކުރަށްވައި ފައެވެ. އަދި މިއީ 17 އަހަރުވީ ޕާޓީގެ ފަރާތުން މެންބަރުންނަށް ދައްކަންޖެހޭ މަންޒަރުތޯވެސް ރޮޒައިނާ ސުވާލުކުރެއްވިއެވެ.

ރޮޒައިނާގެ ވާހަކަފުޅުގައި މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ގަވާއިދުތައް ނުހިފެހެއްޓޭކަމަށްވެސް ތުހުމަތުކުރެއްވިއެވެ. އަދި އެއީ މަޖިލިސް ހިންގަންޖެހޭ ގޮތް ނޫންކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު