ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ މެމްބަރުން އިސްތިއުފާ ދޭންޖެހޭނަމަ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް އިސްތިއުފާދޭންޖެހޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރަން ނިންމުމާއި ގުޅިގެން އެ ޕާޓީގެ މެމްބަރުން ސިޔާސި މަގާމުތަކުން އިސްތިއުފާ ދޭންޖެހޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީގެ މެމްބަރުން ސަރުކާރު މަގާމުތަކުގައި ތިބެން ލަދުގަންނަން ޖެހޭކަމަށް ބައެއް ބޭފުޅުން ވިދާޅުވިޔަސް އެއީ ލަދުގަންނަންޖެހޭ ކަމެއް ނޫންކަމަށެވެ.
ގާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމުގެ ތެރެއިން ވައުދުވި ކަންކަން ކޮށްދެވުުނުތޯ ސުވާލުކޮށްލުން މުހިއްމުކަމަށެވެ. ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ދެއްވި މަގާމުތަކަކީ ބައެއްގެ ތަރިކަ މުދަލުން ދިން މަގާމުތަކެއް ނޫންކަމަށެވެ.
"މިއަހަރުގެ ނޮވެމްބަރުމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ދެމިއޮންނަ އެއްބަސްވުމެއް ހެދީ. އެހެންވިއްޔާ އަޅުގަނޑު ދަންނަވާލާނީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާވެސް އިސްތިއުފާދެއްވާށޭ." ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމި ހިސާބުން ސަރުކާރުގައި ހިމެނޭ ބައެއް ފަރާތްތަކުން ޖޭޕީގެ މެމްބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުންދާއިރު، ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ސަފީރުންގެ ގޮތުގައިވެސް ޖޭޕީގެ މެމްބަރުން ތިބިކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ނާއިބު ރައީސް ފައިސަލް ނަސީމަކީވެސް ޖޭޕީގެ މެމްބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު