މިގައުމަކީ ސިޔާސީ މީހުން ބަހައިގެން ކާން އޮތް ބޯކިބަލެއް ނޫންކަމަށް އިގްތިޞާދީ މާހިރެއްކަމަށްވާ މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ނަފާ ނަސީމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެންކަމަށް ބެލެވެއެވެ.
މި ވާހަކައާއެކު ނަފާ ނަސީމް ވަނީ ރައީސް ސާލިހަށް ނަސޭހަތެއްވެސް އަރުވާފައެވެ. އެގޮތުން ނަސީމް ވަނީ ސިޔާސީ ހީރޯއަކަށްވާން ނޫޅުއްވަެި މިގައުމަށް ޚިދްމަތްކޮށްދެވޭތޯ ބެއްލެވުމަށް އެދިވަޑައިގެންފައެވެ.
ނަސީމް ވިދާޅުވީ މިގައުމަކީ ސިޔާސީ މީހުން ބަހައިގެން ކާންއޮތް ބޯކިބަލެއް ނޫންކަމަށެވެ. އަދި އެވިސްނުން ދޫކޮށްލައްވާ ރައްޔިތުންގެ ލޯބިހޯދަން މަސައްކަތް ކުރައްވުމަށް ނަސީމް އެދިވަޑައިގެންނެވިއެވެ. ނަސީމް ވިދާޅުވީ އޭރުން ރައްޔިތުން 'ހަރާންކޯރެއް" ނުވާނެކަމަށެވެ.
މީގެއިތުރުން ނަސީމް ވަނީ ބައެއް ސިޔާސީ ފަރާތްތަކުން އަމަލުކުރާ ގޮތަށް ނުސީދާކޮށް ފާޑުވެސް ވިދާޅުވެފައެވެ.
"ކަލޭ ކޯލިޝަން ހަދާނަމަ ގާނޫނާ ހިލާފު، އެކަމަކު މަ ކޯލިޝަން ހެދީމާ އެއީ ޑެމޮކްރެސީގެ އަސާސު، ގައުމަށް ހެވާ ލާބަ. ކަލޭ ވަކިވެ ދަންޏާ އެއީ ބައިބައިވުން، މަ ވަކިވެ ދަންޏާ އެއީ އެއްބައިވުން! މަމީ ހީރޯ، ކައޭ ތީ ޒީރޯ." ނަސީމް ވިދާޅުވެފައިވެއެވެ.
ނަސީމަކީ އާންމު ގޮތެއްގައި ވިދާޅުވާ އެއްޗެއް ތަންކޮޅެއް މާނަ ފުން ބަސްތަކާއެކު ހާމަކުރައްވާ ބޭފުޅެކެވެ. އެހެންކަމުން ބައެއް ފަހަރު އެ ވިދާޅުވާ ބަސްފުޅު އަމާޒުވަނީ ކޮންބަޔަކަށް ނުވަތަ ކޮން ބޭފުޅަކަށްކަމެއް ޔަގީނެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު