2 ރިޔާސީ ކެނޑިޑޭޓުން ސަރުކާރު ހިންގާ ކޯލިޝަންގައި ތިބެގެން ކުރިއަށްދާން ދަތިވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމެވުމުންނެވެ.
މީޑިއާގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެކު ކޯލިޝަން ހެދުމަށް ޖޭޕީއަށް ދީފައިވާ ދައުވަތަށް މިހާތަނަށް ޖަވާބެއް ދީފައިނުވާކަމަށެވެ.
މިއުވާން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެކަމަށެވެ. އެހެންކަމުން ދެން ކުރިއަށްދާނެ ގޮތަކާމެދު ރައީސް ސާލިހު ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާއި މަޝްވަރާކުރައްވާނެކަމަށް މިއުވާން ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކުރި ހިސާބުން ބައެއް ފަރާތްތަކުން ދަނީ ސިޔާސި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން މަގާމުތަކުން އިސްތިއުފާދިނުމަށް ގޮވާލަމުންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ގަބޫލުކުރާ ގޮތުގައި މިހާރު ހިނގަމުންދާ ކޯލިޝަންގެ އެއްބަސްވުން ހަމަވަންދެން ޖޭޕީގެ މެމްބަރުންނަށް މަގާމުތަކުގައި ތިބެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު